twitterviber whatsapp telegramfacebookyoutube instagram
21st September 2026

ހީރޯޕަންތީ 2 ގެ ޓްރެއިލާ މާދަމާ ނެރެނީ، ފިލްމުގައި ޓައިގާއަކީ ބަބްލޫ

Mar 16, 2022

ޓައިގާ ޝްރޮޕް ބޮލިވުޑަށް ތައާރަފްވި ފިލްމު ހީރޯޕަންތީގެ ސީކުއަލްގެ މަސައްކަތް މިހާރު ނިމިފައިވާއިރު ފިލްމުގެ ޓްރެއިލާ މާދަމާ ބެލުންތެރިންނާއި ހަމައަށް ދޫކޮށްލާނެއެވެ.

ޓަައިގާ ވަނީ މިއަދު ފިލްމުގެ ޕޯސްޓަރުވެސް ދައްކާލާފައެވެ. ފޯސްޓަރުގައި ޓައިގާގެ ކެރެކްޓާގެ ނަންވެސް ވަނީ ހިމަނާފައެވެ. އެއީ ބަބްލޫއެވެ.

ޕޯސްޓަރަށް އެކަނި ބަލާލިނަމަވެސް އެއީ ވަރުގަދަ އެކްޝަން ފިލްމެއްކަން އެގިގެން ދެއެވެ.

ފިލްމުގައި ދެން ފެނިގެންދާނީ ޓައިގާއާއެކު ސްޓޫޑެންޓް އޮފް ދަ އިއާރ 2 އިން ފެނުނު ތާރާ ސުތަރިއާ އަދި ނަވާޒުއްދީން ސިދުގީ އެވެ.

އޭޕްރިލް 29 ގައި ފިލްމު ރިލީޒްކުރާއިރު ބޮކްސް އޮފީހުގައި މި ފިލްމު ވާދަކުރަން ޖެހޭނީ އަޖޭ ދޭވްގަންގެ ވަރުގަދަ "ރަންވޭ 34" އާއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293