twitterviber whatsapp telegramfacebookyoutube instagram
10th September 2026

އޮޑިޝަން ދިނުމަކީ ވަރަށް ބިރުގަންނަ ކަމެއް: ރަންބީރު

ޚަދީޖާ އާދަމް
Jun 14, 2022

ރަންބީރު ކަޕޫރުގެ އަންހެނުން އަދި މަޝްހޫރު ފިލްމީ ތަރި އާލިއާ ބަޓް ހޮލީވުޑްގެ ދަތުރު ފަށާފައިވާއިރު ހޮލީވުޑްގެ ފިލްމެއް ކުޅުމަކީ ވާނެކަމަށް ނޫންކަމަށް ރަންބީރު ބުނެފި އެވެ.

ރަންބީރު ބުނީ އޮޑިޝަން ދިނުމަކީ ވަރަށް ބިރުގަންނަ ކަމެއްކަމަށާއި ހޮލީވުޑްގައި މަސައްކަތް ކުރުމަކީ އަދި ވާނެކަމެއް ނޫންކަމަށެވެ.

2018 ނެރުނު ސަންޖޫއަށް ފަހު ބޮޑު ބްރޭކެއްގައި ހުރި ރަންބީރު ދެ ފިލްމެއް ރިލީޒްވުމަށް ތައްޔާރަށް އެބައޮތެވެ. އެއީ ޝަމްޝޭރާ އަދި ބްރަމަސްތްރާ އެވެ. އެތަނުން ބްރަމަސްތްރާގައި އާލިއާއި ރަންބީރުގެ ޖޯޑު ފުރަތަމަ ފަހަރަށް ބެލުންތެރިންނަށް ސްކްރީން އިން ފެނިގެންދާނެ އެވެ.

އަލިއާގެ ފުރަތަމަ ހޮލީވުޑްގެ ޕްރޮޖެކްޓް ހާޓް އޮފް ސްޓޯންގެ މަސައްކަތް ލަންޑަންގައި ފަށާފައިވާއިރު އާލިއާއާއެކު މަޝްހޫރު ތަރިންކަމަށް ވާ ގަލް ގޮޓް އަދި ޖެމީ ޑޯރނަން ފެނިގެން ދާނެ އެވެ. މި ފިލްމު ޑައިރެކްޓް ކުރަން ހަމަޖެހިފައިވަނީ މަޝްހޫރު ޑައިރެކްޓަރު ޓޮމް ހާޕާރ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293