twitterviber whatsapp telegramfacebookyoutube instagram
23rd October 2026

ދިއްދޫ މޮނިޓަރިންގެ ހާލަތުން ނަގައިފި

ނަބީލާ އިސްމާޢީލް
Jul 21, 2021

ހއ. ދިއްދޫ މޮނިޓަރިންގގެ ހާލަތުން ނަގައިފި އެވެ. ދިއްދޫ މޮނިޓަރިންގއަށް ލައިފައިވަނީ ރެންޑަމް ސާމްޕަލެއް ޕޮޒިޓިވްވެ މިދިޔަ މަހު 24 ވަނަ ދުވަހު އެވެ.

އެޗްޕީއޭއިން އެ ރަށު ކައުންސިލަށް މިއަދު ފޮނުވާފައިވާ އެންގުމުގައި ބުނެފައިވަނީ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ބަލަން ކަނޑައެޅުނު ކަންކަން ބެލުމުން މޮނިޓަރިން ހާލަތު އިތުރަށް ދަމަހައްޓަން ޖެހޭ ސަބަބެއް މިވަގުތު ނެތުމުން މޮނިޓަރިން އުވާލާ ކަމަށެވެ.

ކަރަންޓީނުގައި ނެތް މީހަކު ދިއްދޫއިން ޕޮޒިޓިވްވުމާއި ގުޅިގެން ދިއްދޫއިން 300 ވުރެ ގިނަ ގެ ކަރަންޓީނު ކުރިއެވެ. މި ކޮވިޑް ކޭސްއާއެކު އެރަށުން 106 އަށްވުރެން ގިނަ މީހަކު ކޮވިޑަށް ފައްސިވެފައިވާއިރު، ކޮވިޑް ޖެހިގެން އެކަކު ވަނީ ނިޔާވެފައެވެ.

އެރަށް މިދިޔަ މަހު 24ވަނަ ދުވަހު މޮނިޓަރިންގެ ހާލަތަށް ލާފައިވާއިރު 28 ދުވަސްފަހުން މިރޭ 10:45 ހާއިރު ވަނީ އާންމު ހާލަތަށް ގެނެސްފަ އެވެ.

މިވަގުތު މޮނިޓަރިންގައި އޮތީ 14 ރަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293