twitterviber whatsapp telegramfacebookyoutube instagram
17th September 2024

ކުޅުދުއްފުއްޓާއި ދިއްދޫ އިންޖީނުގެ އިމާރާތުގެ ނުނިމި ހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަނީ

ނަބީލާ އިސްމާޢީލް
Aug 8, 2024
1

ކުޅުދުއްފުއްޓާއި ދިއްދޫ އިންޖީނުގެ އިމާރާތުގެ ނުނިމި ހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އިން އިއުލާން ކޮށްފިއެވެ.

ފެނަކަ އިން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ކުންފުނިން ދޭ ކުރެހުމާއި ބީއޯކިޔު އަދި މައުލޫމާތާއި އެއްގޮތަށް އެ ދެރަށުގެ އިންޖީނުގެ އިމާރާތްކުރުމުގެ ނުނިމި ހުރި ހުރިހާ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ.

އެ ކުންފުނިން ބުނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ރަޖިސްޓްރީ ކުރުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުމަށް އެދޭ ކަމަށެވެ.

ކުޅުދުއްފުށި އާ އިންޖީނުގެއެއް ތަރައްގީ ކުރުމަށް ބިންގާ އެޅީ 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހެވެ. އެއިރު ފެނަކައިން ބުނިގޮތުގައި މިތަން ތަރައްގީ ވެގެން ދާނީ އެންމެ މި ޒަމާނުގެ ޓެކްނޮލޮޖީއާއެކު ގާއިމުކުރެވިގެންދާނެ އިންޖީނުގެއަކަށެވެ.

ކުޅުދުއްފުށި އާ އިންޖީނު ވެގެންދާނީ މިހާތަނަށް އަތޮޅުތެރޭގައި ފެނަކައިން ގާއިމުކުރާ އެންމެ ބޮޑު އިންޖީނުގެއަށް ކަމަަށްވެސް އެ ކުންފުނިން އެއިރު ބުނެފައި ވެއެވެ. ކުރީ ސަރުކާރުން ތަރައްގީކުރަންފެށި މި އިންޖީނުގޭގެ މަސައްކަތް ދައުރު ނިމުނުއިރުވެސް ނިންމާލެވިފައެއް ނުވެއެވެ.

ކުޅުދުއްފުށީ އިންޖީނުގޭގައި 41 މުވައްޒަފުން ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކުރެއެވެ. އެ މުވައްޒަފުން މި މަހުގެ ނިޔަލަށް ދޫކޮށްލަން ވަނީ ނިންމާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355