twitterviber whatsapp telegramfacebookyoutube instagram
17th February 2025
ADVERTISEMENT
ދިއްދޫ ރައްޔިތުންނާ ރައީސް ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަނީ--

ދިއްދޫއަށް ދެން އަންނާނީ ރަށު އެއާޕޯޓަށް ޖައްސާ މަތިންދާބޯޓުގައި، އެއާޕޯޓް ހުޅުވުމަށް: ރައީސް

އަބްދުލް ވާހިދު ޙަސަން
Jan 29, 2025

ހއ. ދިއްދުއަަށް ދެން ވަޑައިގަންނަވާނީ އެ ރަށުގައި ހަދާ އެއާޕޯޓަށް ޖައްސާ މަތިންދާބޯޓުގައިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް ދިއްދުއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ރޭ ވާހަކަދައްކަވަމުން ވިދާޅުވީ، ސަރުކާރުން ގެންގުޅޭ ސަރަޙައްދީ ތަރައްގީގެ ވިސްނުމުގައި ދިއްދޫގައި އެއާޕޯޓެއް އެޅުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށާއި، އެކަން ކޮށްދެއްވާނެކަމުގަ އެވެ.

"ބާރު ސްޕީޑުގައި ގެންގޮސް ނިންމައިދޭނަން. ނިންމައި ދެން އިރާދު ކުރެއްވިއްޔާ އަޅުގަނޑު އަންނާނީ އެ އެއާޕޯޓަށް ޖައްސާ މަތިންދާބޯޓުގައި އެ އެއާޕޯޓު ހުޅުވަން." އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ދިއްދޫ އެއަޕޯޓަކީ އެރަށާއި އުތުރުގެ ހަތަރު އަތޮޅު ހިމެނޭހެން ތަރައްގީކުރުމުގައި ސަރުކާރުން ގެންގުޅޭ ޕްލޭންގައި ވެސް މުހިންމު މަޝްރޫއެއް ކަމަށެވެ. ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި އެ މަނިކުފާނު ދިއްދުއަށް ވެވަޑައިގެންފައިވާ ވައުދުތައް އެއްގޮތަށް ހަގީގަތަކަށް ހައްދަވައިދެއްވާނެކަމުގައި ރައީސް ތަކުރާރުކުރެއްވި އެވެ.

މި މޭރުމުން ވާހަކަފުޅުދައްވަމުން ރައީސް ވިދާޅުވީ ދިއްދޫގައި އެއާޕޯޓް ތަރައްގީކުރުމުގެ އަމަލީ މަސައްކަތްތައް ފެށުމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ތަރުތީބުކުރެވިފައިވާ ކަމަށާ، އެގޮތުން، އެމްޓީސީސީއާއި، ބޭރުގެ ފަރާތަކާއެކު ފްރޭމްވަރކް އެއްބަސްވުމެއް އެކުލަވައިލެވި، އަމަލީ މަސައްކަތްތައް ފެށުމާ ހަމައަށް މިހާރު ދަތުރުކުރެވިފައިވާ ކަމުގައި އެވެ.

އެގޮތުން މި ހިނގާ 2025 ވަނަ އަހަރު، ވަރަށް އަވަހަށް އަމަލީ ސިފައެއްގައި، ބިން ހިއްކުމުގެ މަސައްކަތާއެކު ފައްޓަވައި އެކަން ނިންމަވައި، ދެއްވަން ކުރަންހުރި ހުރިހާ ކަމެއް ބާރު ދުވެލީގައި ފައްޓަވައި ދެއްވާނެ ކަމުގައި ރައީސް ވިދާޅުވި އެވެ.

ނަން
ކޮމެންޓް
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com