twitterviber whatsapp telegramfacebookyoutube instagram
20th April 2024

ފޯކައިދޫ 155 ގެއެއް މޮނީޓަރިންގައި، އެކްޓިވް ކޭސް 27 ގެއެއް ގައި

ޚަދީޖާ އާދަމް
Jul 22, 2021

ށ ފޯކައިދޫގައި އެކްޓިވް ކޭސްގެ އަަދަދު 104 އަރާފައިވާއިރު އެރަށުގެ 155 ގެއެއް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ.

އެރަށު ހެލްތް ސެންޓަރުގެ މެނޭޖަރ އަންވަރު ކޭއޯއަށް މައުލޫމާތު ދެމުން ވިދާޅުވީ މި ވަގުތު 155 ގެއެއް މޮނީޓަރިންގައި ހުރި ނަމަވެސް އެކްޓިން ކޭސް އުޅެނީ 27 އެގެއްގައި ކަމަށެވެ.

އަންވަރު ވިދާޅުވީ ޕޮޒިޓިވްވި މީހުންގެ ފަރާތުން ބަލީގެ އަލާމާތް ފެނުނު ނަމަވެސް އާންމުގޮތެއްގައި އެންމެންގެ ހާލު ރަނގަޅު ކަމަށެވެ. ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނޭ ހައި ރިސްކު މީހަކު ފުނަދޫ ފެސިލިޓީއަށް ގެންދިޔަ ކަމަށާއި ނަމަވެސް އެމީހާގެ ހާލުވެސް ރަނގަޅުކަމަށް އަންވަރު ވިދާޅުވިއެވެ. އެކްޓިވް ކޭސްތަކުގައި ތެރޭގައި ހައި ރިސްކު މީހުން ހިމެނުނު ނަމަވެސް އެމީހުންގެ ހާލުވެސް ރަނގަޅުކަންވެސް އޭނާ ފާހަގަ ކުރިއެވެ.

އަންވަރު ވިދާޅުވީ ރަށުގައި ބަލި ފެތުރެން ދިމާވީ ސީދާ ކިހިނެތްކަމެއް ދެނެގަނެވިފައި ނުވާކަމަށާއި ރަށަށް ބަލި އަންނަ މެދުވެރިވެދާނެ ހާލަތްތައް ހުރިނަމަވެސް މިވަގުތު ސީދާ ސަބަބު ބުނަން ނޭނގޭކަމަށެވެ.

އޭނާ ވިދާޅުވީ މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ ސާމްޕަލްތައް މާލެ ފޮނުވަން ޖެހުމުން ނަތީޖާ ލިބުން ލަސްވެގެން ދިއުންކަމަށެވެ. ކުރިން ކުޅުދުއްފުށީގައި ހުންނަ ޕީސީއާރު ލެބަށް ސާމްޕަލް ފޮނުވި ނަމަވެސް އެ ލެބުގެ ހިދުމަތް ވަގުތީ ގޮތުން މެދުކެނޑުމުން މާލެ ފޮނުވި ސާމްޕަލްތަކުގެ ނަތީޖާ ލިބުނުމުގައި ލަސްތަކެއް ދިމާވާކަމަށެވެ. މިވަގުތު ނަތީޖާ ނުލިބޭ 56 ސާމްޕަލެއް އެބައިން ކަމަށާއި އިތުރު ސާމްޕަލްތައްވެސް ނަގަމުންދާކަމަށް އަންވަރު ވިދާޅުވި އެވެ.

ރަށުގެ ބޮޑު އިންސައްތައެއް ވެކްސިން ފުރިހަަމަކޮށްފައިވާކަން ފާހަގަ ކުރައްވާ އަންވަރު ވިދާޅުވީ އެއީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއްކަމަށެވެ. އެރަށުން ވެކްސިންގެ ދެ ޑޯޒް 65 އިންސައްތައަށް ވުރެ ބޮޑުބައެއް ވަނީ ފުރިހަމަކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355