twitterviber whatsapp telegramfacebookyoutube instagram
18th October 2024

ދައުލަތުގެ ހަރަދު ކުޑަކުރުމަށް ފޯކައިދޫ އިސްލާމީ މަރުކަޒުގެ މަސައްކަތް ފެށުން ފަސްކޮށްފި

ނަބީލާ އިސްމާޢީލް
Sep 26, 2024

ނިމިދިޔަ އެމްޑީޕީ ސަރުކާރުން ށ ފޯކައިދޫގައި އިމާރާތް ކުރަން ބަޖެޓު ކުރި އިސްލާމީ މަރުކަޒުގެ މަސައްކަތް މި ސަރުކާރުގެ ދައުލަތުގެ ހަރަދުތައް ކުޑަ ކުރުމުގެ ގޮތުން މެދުކަނޑާލައިފި އެވެ.

ފޯކައިދޫ ކައުންސިލުގެ ރައީސް މުހައްމަދު ސަލީމަށް އިސްލާމިކް މިނިސްޓަރީން މި މަހު 16ވަނަ ދުވަހު ފޮނުވި ސިޓީއެއް ގައި ބުނީ އެ ނިންމުން ނިންމާފައި ވަނީ ދައުލަތުގެ ހަރަދުތައް ކުޑަ ކުރުމަށް ފިނޭންސް މިނިސްޓަރީން އެންގި އެންގުމުގެ މަތިން ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ފޮނުވި ސިޓީގައި ބުނީ ފޯކައިދޫގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ އިސްލާމިކް ސެންޓަރުގެ މަސައްކަތަކީ މި އަހަރުގެ ދައުލަތުގެ ބަޖެޓުން ފަސްކުރުމަށް ކަނޑައަޅާފައިވާ މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ މަޝްރޫއުއެ ކަމަށާއި ފިނޭންސް މިނިސްޓްރީގެ އިރުޝާދާ އެއްގޮތްވާ ގޮތުގެ މަތިން އިސްވެ ދެންނެވުނު މަޝްރޫއު ކުރިއަށް ގެންދިޔުން މިހާރު ވަގުތީ ގޮތުން މެދުކަނޑާލައިފައިވާ ކަމަށެވެ.

ފޯކައިދޫގައި އިސްލާމީ މަރުކަޒެއް އިމާރާތް ކުރަން ނިންމީ މިދިޔަ ސަރުކާރުންނެވެ. އެ މަސައްކަތް ކުރަން މި އަހަރުގެ ބަޖެޓުގައި ދެ މިލިއަން ރުފިޔާ ހިމަނައިފައިވެ އެވެ. ނަމަވެސް އެ ސެންޓަރު އިމާރާތް ކުރުމަށް ކުރަންޖެހޭ އެއްވެސް މަސައްކަތެއް މިހައިތަނަށް އަދި ކޮށްފައެއް ނުވެ އެވެ.

"ބަޖެޓު ކޮށްފައި އޮތީ، އެތަނުގެ އެއްވެސް މަސައްކަތެއް ނުފަށާ އަދި، ދެން ހަމަ މިދިޔަ ސަރުކާރުގައި ބަޖެޓު ކޮށްފައި އޮންނާނެ މިރަށުގައި މޫދަށް އެރޭ ސަރަހައްދެއް ވެސް، އެމްޓީސީސީއާ ހަވާލުކޮށްފައި އޮތް ކަމެއް އެއީ، އެކަމަކު އެކަން ވެސް މިހާރު އޮތީ ހުއްޓާލައިފައި،" ފޯކައިދޫ ކައުންސިލުގެ ނައިބު ރައީސް، މުހައްމަދު ސަލީމް ވިދާޅުވި އެވެ.

ދައުލަތުގެ މާލީ ހާލަތު އިންތިހާއަށް ގޯސްވެ، ސަރުކާރު ކުންފުނިތަކާއި ވުޒާރާތަކުގެ ހަރަދު ކުޑަ ކުރަން ރައީސް ޑރ، މުހައްމަދު މުއިއްޒު ވަނީ އަންގަވައިފަ އެވެ. ނަމަވެސް ހަރަދު ކުޑަ ކުރުމުގެ ގޮތުން ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި މުވައްޒަފުންގެ އަދަދު މަދު ކުރުން ފަދަ އެއްވެސް ފިޔަވަޅެއް އަދި އަޅައިފައެއް ނުވެ އެވެ.

ފޯކައިދޫ އަކީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ތަރައްޤީގެ އެންމެ ގިނަ މަޝްރޫޢުތަކެއް ހިންގަވާ ރަނުން ރަނަށް ފުރިހަމަކޮށް ހިންމެވި އެއް ރަށެވެ.

ކައުންސިލްގެ ރައީސް އަޙްމަދު އާސިފް ކުރެއްވި ޕޯސްޓްގައި ވިދާޅުވީ މެކުނު ފުމުނަކަސް ގާހަކައަކަށް ނުފުމެވޭނެ ކަމަށާއި، ރައްޔިތުންގެ އުންމީދުތައް ހާސިލްކުރެއްވުމަށް އެކުލަވާލި ތަރައްގީގެ ޕްލޭނުން އަނެއްކާ ވެސް ތަންގަނޑެއް ފަހަތައް ސޮއްސާލީކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355