twitterviber whatsapp telegramfacebookyoutube instagram
27th January 2023

އިޒްރޭލާ ދެކޮޅަށް ކުޅެން ޖެހޭތީ ފެތީ ނޫރިން އޮލިމްޕިކްސް ދޫކޮށްލައިފި

މުޙައްމަދު އަހުމަދު
Jul 24, 2021

އިޒްރޭލާ ދެކޮޅަށް ކުޅެން ޖެހޭތީ އަލްޖީރިއާގެ ޖޫޑޯ ފައިޓަރު ފެތީ ނޫރިން އޮލިމްޕިކްސް ދޫކޮށްލައިފި އެވެ. އޭނާ ވަނީ އިޒްރޭލް އެތްލީޓަކާ ވާދަކުރަން ޖެހޭތީ މުބާރާތުން ވަކިވުމަށް ނިންމާފަ އެވެ.

މި ނިންމުން ފެތީ ނޫރިން ނިންމާފައި މިވަނީ 73 ކިލޯގެ ކެޓަގަރީގައި އިޒްރޭލުގެ ތޯހާރް ބުޓްބުލްއާ ދެކޮޅަށް ކުޅެން ޖެހޭނެތީ އެވެ. މިހެން ދިމާވުމުން ތޯހާރާ ދެކޮޅަށް ކުޅެން ބޭނުންނުވާ ކަމަށް ބުނެ ނޫރިން ވަނީ އޮލިމްޕިކްސް އިން ވަކިވެފަ އެވެ.

އަލްޖީރިއާގެ ލޯކަލް ޓީވީ އަލްބިލާދް އަށް ދިން އިންޓަވިއުއެއްގައި ނޫރިން ބުނީ މިއީ ވަރަށް އުދަނގޫ ނިންމުމެއް ނަމަވެސް ފަލަސްތީނަށް އޮތް ލޯތްބަށްޓަކައި މިއީ މުހިއްމު ކަމެއް ކަމަށެވެ.

"އިޒްރޭލް ކަހަލަ ލާއިންސާނީ ބަޔަކާ މި ކަހަލަ ގޮތަކަށް ވާދަކޮށްގެން ވެސް އަހަރެން ބޭނުމެއް ނޫން އަތް ހަޑިކުރާކަށް. އަހަރެންގެ ހިތުގައި ފަލަސްތީނަށް އޮތް އިހުތިރާމާއި ލޯބި ވަރަށް ބޮޑު" ނޫރިންގެ އިންޓަވިއުގައި އޭނާ ބުންޏެވެ.

މީގެ ކުރިން ވެސް ތޯހާރާ ކުޅެން ޖެހުމުގެ ކުރިން ނޫރިން ވަނީ މުބާރާތެއް ދޫކޮށްލައިފަ އެވެ. އެއީ 2019 ވަނަ އަހަރު ޖޫޑޯގެ ވޯލްޑް ޗެމްޕިއަންޝިޕެވެ. ނޫރިންގެ ކޯޗު އަމަރު ބެން ޔަކްލިފް ބުނީ އޭނައާ ޖެހުނީމަ މިފަހަރު ނަސީބު މި ދިޔައީ ވަރަށް ދެރަކޮށް ކަމަށެވެ. ނަމަވެސް މިއީ އެމީހުންނަށް ނިންމުނު ރަނގަޅު ނިންމުމެއް ކަމަށް ވެސް ޔަކްލިފް ފާހަގަކުރި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355