twitterviber whatsapp telegramfacebookyoutube instagram
23rd February 2026

ޔުނައިޓެޑާއެކު ސޯލްޝެއާ އަށް އިތުރު ތިން އަހަރު ދުވަހުގެ އެއްބަސްވުމެއް

މުޙައްމަދު އަހުމަދު
Jul 25, 2021

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އިތުރު ތިން އަހަރަށް އާ ކޮށްފި އެވެ.

2018 ވަނަ އަހަރު ޔުނައިޓެޑްގެ ކޯޗުކަމުން ހޯސޭ މޮރީނިއޯ ވަކިކުރުމުން ސޯލްޝެއާ އެންމެ ފުރަތަމަ ވަގުތީ ކޯޗެއްގެ ގޮތުގައި ހަމަޖެއްސި އެވެ. ވަގުތީ ކޮންޓްރެކްޓެއްގައި ތިން މަސް ދުވަސް ސޯލްޝެއާ ހޭދަކުރިއިރު އެދުވަސްތަކުގައި ސޯލްޝެއާގެ ކޯޗުކަމުގެ ދަށުގައި ޔުނައިޓެޑުން ރަނގަޅު ނަތީޖާތަކެއް ނެރުނެވެ. އެހެންވެ، ކޮންޓްރެކްޓް ދާއިމީ ކުރި އެވެ. އެއީ ވެސް ތިން އަހަރު ދުވަހުގެ އެއްބަސްވުމަކަށެވެ.

މިފަހަރު ސޯލްޝެއާ ޔުނައިޓެޑާއެކު ތިން އަހަރުގެ އެއްބަސްވުމެއްގައި ސޮއިކުރިއިރު މި އެއްބަސްވުން ހަމަވާނީ 2024 ގަ އެވެ. ޔުނައިޓެޑްގެ އެގްޒެކްޓިވް ވައިސް ޗެއާމަން އެޑް ވުޑްވާޑް ވެސް ވަނީ ސޯލްޝެއާއާ ބެހޭގޮތުން ވާހަކަ ދައްކާފަ އެވެ.

"ދުރު މުސްތަގުބަލަކަށް ބަލާއިރު އޮލެ އެ ކުރާ މަސައްކަތް ވަރަށް ރަނގަޅު. އެއީ ކޮންޓްރެކްޓް އާ ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ. ސޯލްޝެއާގެ ކޯޗުކަމުގައި އަހަރެމެން ބޭނުންވާ ކަންތައް ހާސިލްކުރެވޭނެ،" ވުޑްވާޑް ވިދާޅުވި އެވެ.

މިދިޔަ ސީޒަނުގައި ސޯލްޝެއާގެ އިރުޝާދުގެ ދަށުން އިނގިރޭސި ޕްރިމިއާ ލީގުގެ ދެ ވަނަ އަށް ޔުނައިޓެޑް ދިޔައިރު ޔޫރޮޕާ ލީގުގެ ފައިނަލުގައި ވިޔަރެއާލް އަތުން ޕެނަލްޓީ ޖަހައިގެން ޔުނައިޓެޑް ވަނީ ބަލިވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355