twitterviber whatsapp telegramfacebookyoutube instagram
25th April 2024

ފުރަތަމަ މެޗުން މޮޅުވި ނަމަވެސް އެންޑީ މުރޭ އޮލިމްޕިކްސް ދޫކޮށްލައިފި

މުޙައްމަދު އަހުމަދު
Jul 25, 2021

ފުރަތަމަ މެޗުން މޮޅުވި ނަމަވެސް ގުރޭޓް ބްރިޓެއިންގެ އެންޑީ މުރޭ އޮލިމްޕިކްސް ދޫކޮށްލައިފި އެވެ. އޭނާ އޮލިމްޕިކްސް ދޫކޮށްލީ އަނިޔާގެ މައްސަލަ ކުރިމަތިވެގެނެވެ.

ފަލަމަސްގަނޑަށް ލިބުނު އަނިޔާގެ ސަބަބުން މެޑިކަލް ޓީމާ މަޝްވަރާ ކުރުމަށް ފަހު މި ފަހަރުގެ އޮލިމްޕިކްސް އިން ވަކިވާން އެންޑީ މުރޭ ނިންމިއިރު އޭނާ ފުރަތަމަ ނިންމީ ސިންގަލްސް ޑްރޯ އިން ވަކިވެ ޑަބަލްސް އިވެންޓްގައި ކުޅޭށެވެ. އެއީ މިފަހަރުގެ އޮލިމްޕިކްސް އޭނާޣެ ފަހު އޮލިމްޕިކްސް އަށް ވުމުގެ ފުރުސަތު އޮތުމުންނެވެ. ނަމަވެސް މެޑިކަލް ޓީމުން އެއްވެސް އިވެންޓެއްގައި ނުކުޅުމަށް އިރުޝާދު ދިނުމުން އެންޑީ މުރޭ ވަނީ މުބާރާތް ދޫކޮށްލަން ނިންމާފަ އެވެ.

2012 ވަނަ އަހަރު ބޭއްވި ލަންޑަން އޮލިމްޕިކްސްގެ ޓެނިސް އިވެންޓުން ރަން މެޑަލް ހާސިލްކޮށް 2016 ވަނަ އަހަރު ބްރެޒިލްގެ ރިއޯގައި ބޭއްވި އޮލިމްޕިކްސްގައި ރަން މެޑަލް ދިފާއުކުރި އުމުރުން 34 އަހަރުގެ އެންޑީ މުރޭ ވަނީ ޓޯކިއޯ އޮލިމްޕިކްސްގެ ޓެނިސް އިވެންޓްގެ ފިރިހެން ޑަބަލްސްގައި އިއްޔެ ކުޅުނު މެޗުން މޮޅުވެފަ އެވެ.

މުބާރާތާ ވަކިވާން ޖެހުމުން ދެރަވާ ކަމަށް ވެސް އެންޑީ މުރޭ ވަނީ ހާމަކޮށްފަ އެވެ.



"މި ގޮތަށް ވަކިވާން ޖެހުމުން ވަރަށް ދެރަވޭ. އަހަރެން ބޭނުންވި މި އަނިޔާގައި ހުރެ ވެސް ކޮންމެވެސް އެއް އިވެންޓެއްގައި ކުރިއަށްދާން. އެކަމަކު، އަހަރެންގެ މެޑިކަލް ޓީމުން އަންގަނީ އެއްވެސް އިވެންޓެއްގައި ކުޅުން ރަނގަޅެއް ނޫން ކަމަށް" މުރޭ ބުންޏެވެ.


އެންޑީ މުރޭގެ ބަދަލުގައި ދެން ސިންގަލްސް އިވެންޓްގައި ކުޅޭނީ އޮސްޓްރޭލިއާގެ މެކްސް ޕާސެލް އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355