twitterviber whatsapp telegramfacebookyoutube instagram
9th December 2022

އުމުރުން 18 އަހަރުގައި އޮލިމްޕިކް ޗެމްޕިއަނަކަށް

މުޙައްމަދު އަހުމަދު
Jul 26, 2021

އޮލިމްޕިކްސްގެ ފެތުމުގެ 400 މީޓަރު ފްރީ ސްޓައިލް އިވެންޓުން ރަން މެޑަލް ހޯދައި އުމުރުން 18 އަހަރުގައި ޓިއުނީޝިއާ ފެތުންތެރިޔާ އަހުމަދު ހަފްނާއޯއީ އޮލިމްޕިކް ޗެމްޕިއަނަކަށް ވެއްޖެ އެވެ.

2018 ވަނަ އަހަރު ވަނީ ޔޫތު އޮލިމްޕިކްސް ގޭމްސްގައި ވާދަކުރި ހަފްނާއޯއީ އެފަހަރު ނެރުނު ނަތީޖާތައް ދަށްވުމުން އެފަހަރު އޭނާ ބުނީ އޮލިމްޕިކް ރަން މެޑެއްޔަކަށް އަމާޒު ހިފާނީ 2024 ގައި އޮންނަ ޕެރިސް އޮލިމްޕިކްސްގައި ކަމަށެވެ. ނަމަވެސް އިއްޔެގެ އިވެންޓް 3 މިނެޓާއި 43.36 ސިކުންތުން ނިންމާ ހަފްނާއޯއީ ވަނީ އޭނާގެ ފުރަތަމަ އޮލިމްޕިކް ރަން މެޑަލް ހާސިލްކޮށްފަ އެވެ.

ހަފްނާއޯއީ މާދަމާ ފިރިހެނުންގެ 800 މީޓަރު ފްރީ ސްޓައިލް އިވެންޓްގައި ވެސް ވާދަކުރާނެ އެވެ. މި އިވެންޓް ފަށާނީ ރާއްޖެ ގަޑިން ހަވީރު 4:40 ގަ އެވެ. ހަފްނާއޯއީ 800 މީޓަރު ގެ ފްރީ ސްޓައިލް އިވެންޓާ މެދު ބުނީ ރަނގަޅު ކާމިޔާބެއް ހޯދަން އުއްމީދުކުރާ ކަމަށެވެ. އަދި އަމިއްލަ ގައުމާ ނަފްސު ހިތްހަމަޖެހޭ ފަދަ ރަނގަޅު ކާމިޔާބީއެއް ހާސިލްކުރަން ބޭނުން ކަމަށް ވެސް ހަފްނާއޯއީ ބުނެފައިވެ އެވެ.

ރަން މެޑަލް ހާސިލްކުރި އިވެންޓަށް ފަހު ހަފްނާއޯއީ ބުނީ ކުރިން މިއީ ހަމައެކަނި ހުވަފެނެއް ކަމަށެވެ. މިކަން ހާސިލްވާނޭ ދުވަހަކު ވެސް ހިތަކަށް ނާރާ ކަމަށް އޭނާ ބުނި އެވެ.

"
"ގައުމަށް ކަމެއް ކޮށްދެވުމުގެ އިހުސާސް ކުރެވިއްޖެ. އަހަންނަކީ އޮލިމްޕިކް ޗެމްޕިއަނެއް"
ޓިއުނީޝިއާގެ ފެތުންތެރިޔާ، އަހުމަދު ހަފްނާއޯއީ

"އަހަރެން އަމިއްލަ ނަފްސު މި ހައިރާންކޮށްލީ. މިއީ އެތައް ބަޔަކު ވެސް ހައިރާންވާނެ ފަދަ ކަމެއް. މިއީ ގަބޫލުކުރަން ވެސް ދަތި މަންޒަރުތަކެއް. އަހަރެން އެންމެ އުފާވީ އަހަރެންގެ ގައުމު (ޓިއުނީޝިއާ) ގެ ދިދަ މައްޗަށް ނަގައި ގައުމީ ސަލާމް ޖަހަމުން ދިޔަ ވަގުތު" ހަފްނައޯއީ ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355