twitterviber whatsapp telegramfacebookyoutube instagram
9th September 2026

ޓޯކިއޯ އޮލިމްޕިކްސް: އަންހެނުންގެ ސްކޭޓްބޯޑިންގެ ޗެމްޕިއަންކަން 13 އަހަރުގެ މޮމީޖީ ނިޝީޔާ އަށް

މުޙައްމަދު އަހުމަދު
Jul 26, 2021

އަލަށް ތައާރަފްކުރި އަންހެނުންގެ ސްކޭޓްބޯޑިންގެ ޗެމްޕިއަންކަން ޖަޕާނުގެ އުމުރުން އެންމެ 13 އަހަރުގެ މޮމީޖީ ނިޝީޔާ އަށް ލިބިއްޖެ އެވެ.

މޮމީޖީ ނިޝީޔާ މި އިވެންޓްގެ ރަން މެޑަލް ހާސިލްކުރީ 15.26 ޕޮއިންޓް ހޯދައިގެނެވެ. 14.64 ޕޮއިންޓާއެކު ދެވަނަ ގެންދިޔައީ ބުރެޒިލްގެ ރޭސާ ލީލް އެވެ. މި އިވެންޓުން ރޭސާ ލީލް ރަން މެޑަލް ހާސިލްކުރި ނަމަ އޭނާ ވެގެން ދިޔައީހީ އޮލިމްޕިކްސް ތާރީހުގައި ރަން މެޑަލް ހާސިލްކުރި އެންމެ ހަގު އެތްލީޓަށެވެ. މި އިވެންޓްގެ ތިންވަނަ ހާސިލްކުރީ ޖަޕާނުގެ ފުނާ ނަކަޔާމާ އެވެ. އޭނާ ތިންވަނަ ގެންދިޔައީ 14.49 ޕޮއިންޓާއެކު އެވެ.

މި އިވެންޓުން ހާސިލްކުރި ރަން މެޑެއްޔާއެކު މޮމީޖީ ނިޝީޔާ ވެގެން ގޮސްފައި މިވަނީ އޮލިމްޕިކްސްގެ ރަން މެޑަލް ހާސިލްކުރި ދެވަނަ އަށް އެންމެ ހަގު އެތްލީޓަށެވެ. އޭނާގެ އުމުރަކީ 13 އަހަރާއި 330 ދުވަހެވެ.

ރަން މެޑެއްޔެއް އޮލިމްޕިކްސްގައި ހާސިލްކުރި އެންމެ ހަގު އެތްލީޓަކީ މާޖޮރީ ގެސްޓްރިންގ އެވެ. 1936 ވަނަ އަހަރު ބާލިންގައި ބޭއްވި އޮލިމްޕިކްސްގެ ސްޕްރިންގް ބޯޑް ޑައިވިންގ އިވެންޓުން އޭނާ ވަނީ ރަން މެޑަލް ހާސިލްކޮށްފަ އެވެ. އޭރު އޭނާގެ އުމުރަކީ 13 އަހަރާއި 268 ދުވަހެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293