twitterviber whatsapp telegramfacebookyoutube instagram
25th April 2024

17 އަހަރަށް ފަހު ބާސްކެޓްގައި އެމެރިކާއަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހިއްޖެ

މުޙައްމަދު އަހުމަދު
Jul 26, 2021

މިމަހު 23 ގައި ޖަޕާޏުގެ ޓޯކިއޯގައި ފަށައިގެން ކުރިއަށް ދާ އޮލިމްޕިކްސްގެ ފިރިހެން ބާސްކެޓްބޯޅަ އިވެންޓުގައި 17 އަހަރަށް ފަހު އެމެރިކާއަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހިއްޖެ އެވެ.

17 އަހަރަށްފަހު ފިރިހެން ބާސްކެޓް އިވެންޓުން އެމެރިކާ ބަލިވިއިރު 1936 ގައި އޮލިމްޕިކްސްގައި ބާސްކެޓް ހިމެނިފަހުން އެމެރިކާއިން ވަނީ މި އިވެންޓުގައި 15 ރަން މެޑަލް ހޯދައިފަ އެވެ.

މިފަހަރުގެ އޮލިމްޕިކްސް ގޭމްސްގެ ފޭވަރިޓުންގެ ގޮތުގައި މުބާރާތާއި ކުރިމަތިލީ އެމެރިކާ އަށް ޕްރިލިމިނަރީ ބުރުގައި ފުރާންސް ބަލިނުކުރެވުމަކީ އެގައުމަށް ލިބުނު ބޮޑު ޝޮކެކެވެ. ނަމަވެސް އަދި އޭނާގެ ޓީމު ހާސް ވާން ޖެހޭ ހިސާބަށް ނުދާ ކަމަށް އެމެރިކާގެ ކޯޗު ގްރެގް ޕޮޕޮވިޗް ބުނެޏެވެ.

"
"އެއް ގޮތަކުން ބަލަންޏާ މި ބަލިން އަހަރެމެންނަށް ލިބެނީ ހިތް ހަމަޖެހުމެއް. އަހަރެމެންނަށް އޭގެން ފިލާވަޅު ހޯދޭނެ. ނުހޯދޭނަމަ އޭގެ ފައިދާއެއް ނެތް. އެއީ މި ގޭމްސްގައި އަހަރެމެންނަށް މެދުވެރިވި އެންމެ މުހިންމު ކަންތައް."
އެމެރިކާގެ ކޯޗު، ގްރެގް ޕޮޕޮވިޗް



އެމެރިކާ ފުރާންސް އަތުން ބަލިވީ 83-76 ގެ ނަތީޖާ އަކުންނެވެ. 17 އަހަރުތެރޭ ފިރިހެން އިވެންޓުން އެމެރިކާ ބަލިވި މީ ފުރަތަމަ ފަހަރަށް ވާއިރު އެންމެ ފަހުން އެޓީމު ބަލިވީ 17 އަހަރު ކުރިން 2004 ވަނަ އަހަރު ގުރީސްގައި ބޭއްވި އޮލިމްޕިކްސް ގޭމްސްގަ އެވެ.

މި ބައްޔާއެކު މުބާރާތުގައި ކުރިއަށް ދިއުމުގައި އެމެރިކާ އަށް އުނދަގޫތަކެއް ކުރިމަތި ވީ ނަމަވެސް ކުރިއަށް އޮތް ދެ މެޗުން މޮޅު ވެގެން އެ ޓީމަށް ކުއާޓާ ފައިނަލަށް ދިއުމުގެ ފުރުސަތު އެބަ އޮތެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355