twitterviber whatsapp telegramfacebookyoutube instagram
23rd April 2024

އޮލިމްޕިކްސްގެ ފިރިހެން ފެތުމުގެ އިވެންޓްގައި މިއަދު މުބާލް ވާދަކުރަނީ

މުޙައްމަދު އަހުމަދު
Jul 27, 2021

މިމަހު 23 ޖަޕާނުގައި ފަށައިގެން ކުރިއަށް ކުޅިވަރުގެ އެންމެ ބޮޑު އީދު ކަމަށްވާ އޮލިމްޕިކްސް ގޭމްސްގެ ފެތުމުގެ ފިރިހެން އިވެންޓްގައި މިއަދު ރާއްޖޭގެ މުބާލް ވާދަކުރާނެ އެވެ.

މިފަހަރުގެ އޮލިމްޕިކްސްގައި އެންމެ އިވެންޓެއްގައި މުބާލް ވާދަކުރާއިރު އެ އިވެންޓަކީ ފިރިހެނުންގެ 100 މީޓަރު ފްރީ ސްޓައިލް އިވެންޓެވެ. އެ އިވެންޓްގެ ހީޓް 1 މިއަދު ރާއްޖެ ގަޑިން ހަވީރު 15:00 ގައި ފެށިގެންދާނެ އެވެ.

މި އިވެންޓްގައި މުބާލްއާ ވާދަކުރަން ތިބި އެތްލީޓުންނަކީ ބޫޓާނުގެ ސަންގޭ ޓެންޒިން، ކޮސޯވޯގެ އޮލްޓް ކޮންޑިރޮއްލީ، ގުޔާނާގެ އެންޑުރޫވް ފައުލާ، ފަލަސްތީނުގެ ޔަޒަން އަލް ބައްވާބް، ނޭޕާލުގެ އެލެކްސޭންޑާ ޝާހް އަދި ސޮލޮމޮން އައިލޭންޑްސްގެ އެޑްގާރ ރިކާޑްސަން އައިރޯ އެވެ.

މުބާލް އޮލިމްޕިކްސް އަށް ހޮވުނީ ފީނާގެ ރޭންކިން އަށްބަލައި އެންމެ މަތިން ޕޮއިންޓް ހޯދާފައިވާ ފެތުންތެރިންގެ ތެރޭގައި ހިމެނިގެނެވެ. ކުރިން އޮލިމްޕިކްސް އަށް ދާން ފުރުސަތު ދީފައި އޮތީ އާއިޝަތު ސައުސަން އަދި އަލީ އިއްމާން އަށެވެ. އޮލިމްޕިކްސް ފަދަ ބޮޑު މުބާރާތެއްގައި ރާއްޖެ ތަމްސީލުކުރާ ފެތުންތެރިން އިއުލާނުކޮށް، އެފެތުންތެރިން ވާދަކުރާ އިވެންޓްތަކަށް ތަމްރީނު ހަދަމުންދަނިކޮށް ފެތުންތެރިން ބަދަލުކޮށް މުބާލް އަށާއި ސާޖިނާއަށް ފުރުސަތު ލިބުނެވެ.

ޓޯކިޔޯ އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލު ކުރާނެ ފެތުންތެރިންނަކީ 1- މުބާލް ޢައްޒާމް އިބްރާހީމް، 2- ޢާއިޝަތު ސާޖިނާ އެވެ. މި ފެތުންތެރިން ޖަހާނެ އިވެންޓްތަކަކީ ސާޖިނާގެ 100 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓާއި މުބާލްގެ 100 މީޓަރު ފްރީސްޓައިލް އިވެންޓެވެ. މީގެ ތެރެއިން ސާޖިނާގެ އިވެންޓް މިހާރު ވަނީ ނިމިފަ އެވެ. އެ އިވެންޓްގައި ބައިވެރިވި 7 ފެތުންތެރިންގެ ތެރެއިން ސާޖިނާ ދިޔައީ 6 ވަނަ އަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355