twitterviber whatsapp telegramfacebookyoutube instagram
8th December 2022

އޮލިމްޕިކްސްގެ ހަތް މެޑަލްއާއެކު އެމާއަށް ދުނިޔޭގެ ރެކޯޑެއް

މުޙައްމަދު އަހުމަދު
Aug 2, 2021

އޮލިމްޕިކްސްގެ ފެތުމުގެ އިވެންޓްތަކުން ހޯދި ހަތް މެޑަލްއާއެކު އޮސްޓްރޭލިއާގެ އަންހެން ފެތުންތެރިޔާ އެމާ މެކްކިއޯން ދުނިޔޭގެ ރެކޯޑެއް ހަދައިފި އެވެ.

އޮލިމްޕިކްސްގެ އެއް މުބާރާތެއްގަައި ފެތުމުގެ އިވެންޓްތަަކުން ހަތް މެޑަލް ހޯދި ފުރަތަމަ އަންހެން އެތުލީޓުގެ ޝަރަފާއެކު އެމާ މިވަނީ ރެކޯޑް ފޮތުން ޖާގައެއް އެމާ ހޯދިއިރު މީގެ ކުރިން އޮލިމްޕިކްސް ގޭމްސްއެއްގެ އެއް މުބާރާތެއްގައި ފެތުމުގެ އިވެންޓުތަކުން ގިނަ މެޑަލް ހޯދުމުގެ ރެކޯޑް އޮތް ފިރިހެން ފެތުންތެރިންނަކީ މައިކަލް ފެލްޕްސް، މާކް ސްޕިޓްޒް އަދި މެޓް ބިއޯންޑީ އެވެ. މީގެ ތެރެއިން މައިކަލް ފެލްޕްސް ވަނީ ވަނީ 2004 ވަަނަ އަހަރުގެ އޮލިމްޕިކްސްގައި ހަ ރަން މެޑަލާއި ދެ ލޯ މެޑަލް ހޯދައި 2008 ވަނަ އަހަރުގެ އޮލިމްޕިކްސް އިން އަށް ރަން މެޑަލް ހޯދާފަ އެވެ.

މި ކާމިޔާބާއެކު އެމާވެފައިވަނީ ފެތުމުން 7 މެޑަލް ހޯދި ފުރަތަމަ އަންހެން އެތްލީޓަށެވެ. އަދި އެއްވެސް ކުޅިވަރަކުން 7 މެޑަލް ހޯދި ދެވަނަ އަންހެން އެތްލީޓަށެވެ. މިފަހަރުގެ އޮލިމްޕިކްސްގައި އެމާ ވަނީ 4 ރަން މެޑަލާއި 3 ލޯ މެޑަލް ހާސިލްކޮށްފަ އެވެ.

އެއްވެސް ކުޅިވަރަކުން އެންމެ ފުރަތަމަ 7 މެޑަލް ހާސިލްކުރި ފުރަތަމަ އެތްލީޓަކީ ސޯވިއެޓްގެ ޖިމްނާސްޓް މާރިއާ ގޮރޮކޯވްސްކަޔާ އެވެ. އޭނާ ވަނީ 1952 ގެ ގޭމްސްގައި ދެ ރަން މެޑަލާއި ފަސް ރިހި މެޑަލް ހޯދާފަ އެވެ.

މިފަހަރުގެ ގޭމްސްގައި އެމާ ރަން މެޑަލް ހޯދި އިވެންޓްތަކަކީ 100 މީޓަރު ފްރީސްޓައިލް، ހަތަރެއް ގުނަ 100 މީޓަރު ފްރީސްޓައިލް ރިލޭ، ހަތަރެއް ގުނަ 100 މެޑްލީ ރިލޭގެ އިތުރުން 50 މީޓަރު ފްރީ ސްޓައިލުންނެވެ. އޭނާ ލޯ މެޑަލް ހާސިލްކުރީ މިކްސް އިވެންޓުގެ ހަތަރެއް ގުނަ 100 މެޑްލީ ރިލޭ އާއި 100 މީޓަރު ބަޓަފްލައި އަދި ހަތަރެއް ގުނަ 200 ފްރީސްޓައިލް ރިލޭ އިވެންޓުންނެވެ.

"
"އަހަރެން މެޑަލް ތާވަލަކަށް ނުބަލަން. ހަގީގަތުގައި މި ހިސާބަށް އަންނަން އަހަރެން ކުރީ ވަރަށް ބުރަ މަސައްކަތް. މި ވަރުގެ ކާމިޔާބެއް ލިބުމުން ވަރަށް ބޮޑަށް ފަހުރުވެރިވޭ. ހަގީގަތުގައި މިއީ އަހަރެން އުއްމީދުކުރި ވަރަށް ވުރެ ބޮޑު ކާމިޔާބެއް"
އޮސްޓްރޭލިއާގެ އަންހެން ފެތުންތެރިޔާ އެމާ މެކްކިއޯން

އެމާ އިތުރަށް ބުނެފައިވަނީ މިއީ ލިބޭ ފަހުރެއް ކަމަށާއި އޭނާ މިކަމަށް ކުރި ބުރަ މަސައްކަތް އޭނާއަށް އިނގޭ ކަމަށެވެ.

މިކާމިޔާބާއެކު އެމާ ލިބިފައިވާ މެޑަލްތަކަށް ބަލާއިރު އޭނާގެ ކެރިއަރުގައި މިހާތަނަށް ވަނީ ފަސް ރަން މެޑެއްޔާއި ދެ ރިހި އަދި ތިން ލޯ މެޑަލް ހާސިލްކޮށްފަ އެވެ. މިއާއެކު އޭނާ މިވަނީ ފެތުމުގެ ޗެމްޕިއަނުންނާއި އަރާ ހަމަކޮށްފަ އެވެ. އެއީ ފަސް ރަން، ތިން ރިހި އަދި އެއް ލޯ މެޑެއްޔާއެކު ތޯޕްގެ އިތުރުން ތިންރަން މެޑަލާއި 5 ރިހި އަދި އެއް ލޯ މެޑަލްއާއެކު ލީސަލް ޖޯންސް އެވެ. މީގެ ތެރެއިން ކޮންމެ އެތްލީޓަކު ވަނީ 9 މެޑަލް ހާސިލްކޮށްފަ އެވެ.

އެމެރިކާގެ ފިރިހެން ފެތުންތެރިޔާ ކޭލެބް ޑްރެސެލް ވެސް ވަނީ މިފަހަރު ރަނގަޅު ނަތީޖާއެއް ހޯދާފަ އެވެ. 24 އަހަރުގެ ކޭލެބް ވަނީ މިފަހަރުގެ ގޭމްސްގައި ފެތުމުން ފަސް ރަން މެޑަލް ހޯދައިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355