twitterviber whatsapp telegramfacebookyoutube instagram
12th December 2025

މީހެއްގެ ފައިމައްޗަށް ދަނގަޑު އޭންގަލެއް ވެއްޓި އަނިޔާ ވެއްޖެ

May 22, 2011

އިބްރާހިމް ހަމީދު

ކުޅުދުއްފުށީގެ މަގުހެދުމުގެ މަސައްކަތް ކުރަމުންދާ މޯލްޑިވްސް ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަނުގެ ކުޅުދުއްފުށީ ސައިޓުގައި މަސައްކަތް ކުރަމުންދިޔަ މީހެއްގެ ފައިމައްޗަށް ދަނގަޑު އޭންގަލެއް ވެއްޓި އަނިޔާ ވެއްޖެއެވެ.

މޯލްޑިވްސް ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަންގެ އޮޕަރޭޝަން މެނޭޖަރ މުހައްމަދު އަބްދުއްރަހްމާން ކުޅުދުއްފުށީ އޮންލައިނަށް މަޢުލޫމަތު ދެއްވަމުން ވިދާޅުވީ މިއަދު ހެނދުނު ކުޅުދުއްފުށީ ސައިޓުގައި މަސައްކަތް ކުރަމުންދަނިކޮށް އެކުންފުނީގެ މުވައްޒަފެއްކަމުގައިވާ ކުޅުދުއްފުށީ މިއަލަނި ހަސަން އިބްރާހިމްގެ ފައިމައްޗަށް ދަގަނޑު އޭންގަލެއް ވެއްޓި ވައަތު ފަޔަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށެވެ.

މިއަދު ހެނދުނު ހިނގި މިހާދިސާގައި އަނިޔާވެފައި ވަނީ ހަސަން އިބްރާހީމްގެ ވާއަތު ފައިގެ ކަށިމައްޗަށެވެ. އަދި ހަމަ އެވަގުތު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ވަނީ ފަށާފައެވެ.

އަނިޔާވި މީހާއަށް ފަރުވާ ދިނުމަށްފަހު މިހާރު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށާއި އޭނައަށް ލިބުނު އަނިޔާ ސީރިއަސް ނޫންކަމަށް ޑޮކްޓަރު ބުނެފައިވާކަމަށް މައުލޫމާތު ލިބެއެވެ.

ހަސަންގެ ބޭހުގެ ހުރިހާ ހަރަދެއްވެސް ކުރަމުންދަނީ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ކަމަށާއި އެހާދިސާ ހިގަން މެދުވެރިވި ސަބަބު ބަލަމުންދާ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355