twitterviber whatsapp telegramfacebookyoutube instagram
20th April 2024

353 ދަރިވަރުންނާއެކު ސްމާޓް ވެލީ ލާނިންގް އިންސްޓިޓިއުޓްގެ ކިޔެވުން އޮންލައިންކޮށް ފަށައިފި

އަބްދުލް ވާހިދު ޙަސަން
Aug 10, 2021
1

ކުޅުދުއްފުށިގައި ފުޅާދާއިރާއެއްގަ ޓިއުޝަން ދެމުން އަންނަ ސްމާޓް ވެލީ ލާނިންގް އިންސްޓިޓިއުޓް އިން ވާނީ ދިރާސި އާ އަހަރާ އެކު އޮންލައިން ކޮށް ދަރިވަރުންނަށް މިއަދު ކިޔެވައިދޭން ފަށައިފި އެވެ.

އެ އިންސްޓިޓިއުޓުން ހާމަ ކުރިގޮތުގައި ފައުންޑޭޝަން ސްޓޭޖް އިން ފެށިގެން ގްރޭޑް 10އަކާ ހަމައަށް މިއަދު އޮންލައިންކޮށް ކިޔަވައި ދޭން ފަށާފާވާއިރު އިންސްޓިޓިއުޓްގައި ކިޔަވައިދޭ ހުރިހާ މާއްދާއަކަށް ޓީޗަރުން ހަމަވެފަައިވާކަން ފާހަގަ ކޮށްލެވެއެވެ.

އަދި ސްމާޓް ވެލީން ދެމުން އަންނަ ޕްލޭ ސްކޫލް ގެ ހިދުމަށްވެސް މިއަދު އޮންލައިން ކޮން ފެށިފައިވާކަން އެ އިންސްޓިޓިއުޓުން ފާހަގަ ކުރެއެވެ. މޮނީޓަރިން ހާލަތުގައި ރަށް އޮތްނަނަމަވެސް ދިރާސީ އާހަރުގެ ކިޔެވުން ފެށޭ ދުވަހު ސްމާޓް ވެލީގެ ކިޔެވުން ފެށުމަކީ އެފަރާތުގެ އަމާޒެކެވެ.

ސްމާޓް ވެލީން ބުނީ ދަރިވަރުންގެ ކިޔެވުމުގެ ދުވަސްތައް ބޭކާރު ނުވެ ދަރިވަރުންނަށް ކިޔެވުން ފެށިގެން ދިއުމަކީ ވަރަށް ބޮޑު އުފަލެއްކަމުގައި އެފަރާތުން ބުނެއެވެ. އަދި މިގޮތަށް ކިޔެވުން ފެށިގެން ދިއުމަށް ބެލެނިވެރިންގެ ފަރާތުން ލިބުނު ފުރިހަމަ އެއްބާރުލުމެއް ލިބުނު ކަމުގައި އެފަރާތުން ބުނެއެވެ.

ކުޅުދުއްފުށި މޮނިޓަރިން ގަ އޮތުމާ ގުޅިގެން މި ސިޓީގެ ސްކޫލްތަކުގެ ކިޔެވުން ފަށާފައި ނުވާކަން ފާހަގަ ވެއެވެ.

ސްމާޓް ވެލީ ލާނިން އިންސްޓިޓިއުޓްގަ މިއަހަރު 353 ދަރިވަރަކު ކިޔަވަމުން ދާކަމަށްއެ އިންސްޓިޓިއުޓުން މައުލޫމާތު ދެއެވެ. އެއީ ސްމާޓް ވެލީ ޕްލޭ ސްކޫލް ގައި 149 ދަރިވަރުންނާއި ސްމާޓް ވެލީ ލާނިންގް އިންސްޓިޓިއުޓުން ޓިއުޝަން ނަގަމުން ދާ 204 ދަރިވަރުން ނެވެ.

އެ އިންސޓިޓިިއުޓުން މައުލޫމާތު ދިން ގޮތުގައި ކުޅުދުއްފުށި މޮނިޓަރިންނުންނެގުމާ އެކު ކުރިއެކޭވެސް އެއްގޮތަށް ޕްލޭސްކޫލް އަދި ޓިއުޝަންތަކުގެ ފިޒިކަލް ކްލާސްތައް ފެށިގެން ދާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355