twitterviber whatsapp telegramfacebookyoutube instagram
1st July 2025

މޯލްޑިވިއަންގެ ހާލަތު ރަނގަޅުކުރުމަށް ބޭރުގެ ކުންފުންޏަކާއެކު ޖޮއިންޓް ވެންޗާއެއް ހަދަން މަޝްވަރާ ކުރަނީ

ޚަދީޖާ އާދަމް
Aug 12, 2021

މޯލްޑިވިއަންގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި ބޭރުގެ ކުންފުންޏަކާ އެކު ޖޮއިންޓް ވެންޗާއެއް ހަދަން މަޝްވަރާ ކުރަމުން އަންނަ ކަމަށް ސަރުކާރުން ބުނެފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ވިދާޅުވީ އިލެންޑް އޭވިއޭޝަނަކީ ކުރިން ވެސް ގެއްލުމުގައި ހިންގަމުންދިޔަ ކުންފުންޏެއް ކަމަށާއި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަަބުން ކުރިިމަތިވި އިގްތިސާދީ ދަތިކަމާ ހެދި އެ ކުންފުނީގެ ހާލަތު ރަނގަޅު ނުވި ކަމަށެވެ. އެހެންކަމުން ޖޮއިންޓް ވެންޗާއެއް ހެދުމަށް ބޭރުގެ ބައެއް ފަރާތްތަކާ ވާހަކަ ދައްކަމުން ގެންދާކަން ރައީސް ފާހަގަ ކުރެއްވި އެވެ.

އައިލެންޑް އޭވިއޭޝަންގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި ޖޮއިންޓް ވެންޗާއެއް ހަދަން ސަރުކާރުން މަޝްވަރާކުރަމުން ގެންދަނީ ރައީސް ވިދާޅުވިގޮތުގައި މެދުއިރުމަތީގެ ބައެއް ގައުމުތަކާ އެވެ. އެކަމަކު އެއީ ކޮންކޮން ގައުމުތަކެއްކަން އެ މަނިކުފާނު ވިދާޅެއް ނުވެ އެވެ.

ރައީސް ވިދާޅުވީ ސަރުކާރުން ސަބްސިޑީ ދީގެން ނަމަވެސް ރާއްޖޭގެ އެތެރޭގެ ދަތުރުތައް ކުރުމަށްޓަކައި އައިލެންޑްއޭވިއޭޝަން ދަމަހައްޓަކަން ޖެހޭ ކަމަށާއި އެކަމަކު ބޭރުގެ ބައެއް ފަރާތްތަކާ އެކީގައި މަޝްވަރާތައް ކުރަމުން ގެންދަނީ ބައިނަލްއަގްވާމީ ދަތުރުތަކުން ފައިދާ ލިބޭ ފަދަ ދިމާާލަކަށް އެ ކުންފުނި ގެންދިއުމަށް ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355