twitterviber whatsapp telegramfacebookyoutube instagram
4th May 2024

ކޯކް ފުޑް އެން ފުޓްބޯލްގެ ނަމުގައި ކޮކާކޯލާއިން ރާއްޖޭގައި ޕްރޮމޯޝަނެއް

ނަބީލާ އިސްމާޢީލް
Aug 14, 2021

ފުޓްބޯޅައަށް ލޯބިކުރާ ފަރާތްތަކަށް ހާއްސަ ޕްރޮމޯޝަންއެއް ކޮކާކޯލާއިން ރާއްޖޭގައި ފަށައިފި އެވެ. މި ޕްރޮމޯޝަންއަކީ ޓީވީއާއި ސްމާޓް ފޯނުގެ އިތުންވެސް އެތައް އަގުހުރި އިނާމުތަކެއް ލިބޭ ޕްރޮމޯޝަން އެކެވެ.

"ކޯކް ފުޑް އެން ފުޓްބޯލް"ގެ ނަމުގައި ރާއްޖޭގައި ކުރިއަށްދާ މި ޕްރޮމޯޝަން އޮންނާނީ މި މަހު 15 އިން އަންނަ މަހުގެ ނިޔަލަށެވެ. މި ޕްރޮމޯޝަން މެދުވެރިކޮށް ގޭގައިތިބެގެންވެސް އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތު ފުޓްބޯޅައަށް ލޯބިކުރާ ފަރާތްތަކަށް ލިބޭނެ އެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ 300، އެމްއެލް، 500 އެމްއެލް 1.25 ލީޓާރު، އަދި 2 ލީޓަރުގެ ކޯކް ފުޅި ގަނެގެންނެވެ. ޕްރޮމޯޝަންއަށް ހާއްސަކޮށް ބާޒާރަށް ނެރެފައިވާ ރަންކުލައިގެ މަތިޖެހި ކޯކުފުޅީގެ މަތިގަނޑުގެ އެތެރޭގައި އިންނަ ކޯޑް 2626 އަށް އެސްއެމްއެސް ކުރުމުން ޕްރޮމޯޝަންގައި ބައިވެރިވެވުނީއެވެ. އިނާމު ބަލާދާއިރު ގުރުއަތުން ހޮވުނު ކޯޑުއިން މަތިގަނޑު ގެންދަންޖެހެ އެވެ.

ޕްރޮމޯޝަންއަށް ހުށަހެޅިފައިވާ އިނާމުތަކަކީ 20 ސްމާޓް ފޯން، 50 އިންޗީގެ 25 ޓީވީ، ކޯކް ބްރޭންޑްކޮށްފައިވާ 225 މާޗެންޑައިޒް އެވެ. އޭގެ އިތުރުން ކޮންމެ ދުވަހަކު ލިބޭ އިނާމެއްގެ ގޮތުގައި ކޮކާކޯލާ ލޯގޯ ޖަހާފައިވާ 45 ލިމިޓެޑް އެޑިޝަން ކުދި ފުރިޖު ހިމެނެ އެވެ.

"ކޮކާ ކޯލާއާއި ފުޓްބޯޅަ ވަނީލާމެހިފައެ. ގޭގައިތިބެގެން ރައްކާތެރި ކަމާއިއެކު ފުޓްބޯޅަ ބަލާލުމުގެ ފުރުސަތު ދިވެހިންނަށް ފަހިކޮށްދިނުމަށްޓަކައި ކޯކުގެ މީރު ރަހައިން ކާތަކެތި އިތުރަށް ފުރިހަމަކޮށްލައި އަދި އަގުހުރި އިނާމުތަކެއް ހޯދޭނެ މި ޕްރޮމޯޝަން ފެށުމަކީ އަޅުގަނޑުމެންނަށް ލިބޭނެ ފަހުރެއް. ދިވެހިންނަކީ ފުޓްބޯޅައަށް ވަރަށް ބޮޑަށް ލޯބިކުރާ ބަޔަކަށްވާއިރު މި ފޯރީގައި ކޮކާކޯލާއިން ބައިވެރިވެ އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ފުޓްބޯޅައަށް ލޯބިކުރާ ފަރާތްތަކަށް ލިބޭނެއެ." ކޮކާކޯލާ ރާއްޖޭގެ މެނޭޖިން ޑިރެކްޓަރ ޕަންކަޖް ސިންހާ ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355