twitterviber whatsapp telegramfacebookyoutube instagram
18th September 2021

އަފްޣާނިސްތާނުގެ ރައީސް އިސްތިއުފާދެއްވައި، ތަޖިކިސްތާނަށް

Aug 15, 2021

އަފްޣާނިސްތާންގެ ރައީސް މުހައްމަދު އަޝްރަފް ޣަނީ އިސްތިއުފާދެއްވުމަށް ފަހު ގައުމު ދޫކުރައްވައި ތަޖިކިސްތާނަށް ވަޑައިގެންފި އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އަފްޣާނިސްތާން ދޫކުރައްވައި ޣަނީ ވަޑައިގެންނެވީ އަވަށްޓެރި ތަޖިކިސްތާނަށެވެ. އަދި އެއާއެކު އަފްޣާނިސްތާނުގެ ރިޔާސީ ގަނޑުވަރުވަނީ ޠާލިބާނުންގެ ބާރުގެ ދަށަށް ގެނެސްފައެވެ.

ރިޕޯޓްތައް ބުނާ ގޮތުން ތާލިބާނުންނަށް އަފްޣާންގެ އަވަށްތައް ހިފަން އެހާ ފަސޭހަވީ އަފްޣާން ސިފައިން ދެކޮޅު ނުހަދައި އަމާންދިނުމުންނެވެ. ތާލިބާނުން މުޅި އަފްޣާނަށް މިހާރު ވެރިވެގެންފައި ވާއިރު ބޮޑެތި އަވަށްތަކުގައި ވެސް އަފްޣާން ސިފައިން ދެކޮޅު ހަދާފައި ނުވާ ކަމަށް ހަބަރުތައް ބުނެ އެވެ.

އަފްގާނިސްތާނުގެ 34 ޕްރޮވިންސުގެ ތެރެއިން 26 ޕްރޮވިންސެއްގެ ވެރިރަށް ތާލިބާނުން ވަނީ ފާއިތުވި ދެ ހަފްތާ ތެރޭގައި އެ ޖަމާއަތުގެ ބާރުގެ ދަށަށް ގެންގޮސްފައެވެ. އަދި މިއަދު ތާލިބާން މެމްބަރުން ވަނީ ކާބުލްއަށް އަރަން ފަށާފައެވެ.

ތާލިބާން ޖަމާއަތުގެ ތަރުޖަމާނު ޒަބީހުﷲ މުޖާހިދު ބުނި ގޮތުގައި ކާބުލްގެ ފުލުސް އޮފީސްތަކާއި ސަރުކާރުގެ އިދާރާތަކުގެ ސެކިއުރިޓީން މިހާރު ވަނީ ކާބުލް ދޫކޮށް ގޮސްފައެވެ. އެހެންކަމުން އެ ސިޓީގައި ވައްކަމާއި ލޫޓުވުން ފަދަ ކުށްތަކަށް ޖާގަ ނުދިނުމަށްޓަކައި، އެފަދަ ހާދިސާތައް ހިނގާފާނެ ސަރަހައްދުތަކަށް އެ ޖަމާއަތުގެ މެމްބަރުން ދަނީ ފޮނުވަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355