twitterviber whatsapp telegramfacebookyoutube instagram
4th December 2025

ކުލަބް 1.35 ބިލިއަން ޔޫރޯއިން ދަރަނިވެރިވެފައި، ލަޕޯޓާގެ ހުރިހާ އިލްޒާމެއް ބާޓެމޮއުއަށް

Aug 17, 2021

ބާސެލޯނާ 1.35 ބިލިއަން ޔޫރޯއިން ދަރަނިވެރިވެފައި އޮތީ ކުރީގެ ރައީސް ބާޓޮމެއުގެ ސަބަބުންކަމަށް ބުނެ އޭނާގެ ބޮލުގައި މިހާރުގެ ރައީސް ލަޕޯޓާ ހުރިހާ އިލްޒާމެއް އަޅުވައިފި އެވެ.

ބާސާގެ މުސާރައިގެ ބިލު ވެސް ވަނީ ޖުމްލަ އާމްދަނީގެ 103 ޕަސެންޓަށް އަރާފަ އެވެ. އެއީ ވާދަވެރި ކުލަބުތަކަށްބުރެ 20-25 ޕަސެންޓް އިތުރު އަދަދެއްކަން ވެސް ލަޕޯޓާ ފާހަގަކުރި އެވެ.

އެޓީމުގެ ކުރީގެ ކެޕްޓަން ލިއޮނަލް މެސީގެ ކޮންޓްރެކްޓް އިތުރުކުރިނަމަ އެކުލަބުގެ މުސާރައިގެ ބިލު އާމްދަނީ 110 ޕަސެންޓަށް އެރީހެވެ. އެހެންކަމުން އެކަމަށް ލަލީގާއިން ހުރަސްއެޅި އެވެ. އަދި އެއާއެކު އެޓީމަށް ވަނީ 21 އަހަރަށްފަހު މެސީ ދޫކޮށްލަން ޖެހިފަ އެވެ. މެސީ މިހާރު ވަނީ 2 އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ފުރާންސްގެ ގަދަބާރު ޕީއެސްޖީއަށް ސޮއިކޮށްފަ އެވެ.

މިއީ ކުލަބުގައި ލަޕޯޓާގެ ދެވަނަ ޓާމެވެ. ލަޕޯޓަ ބުނާގޮތުގައި ފުރަތަމަ ކުލަބަށް އައި ގޮތަށް ވެސް ކުރަންޖެހުނު ކަމަކީ 80 މިލިއަން ޔޫރޯގެ ލޯނެއް ނެގުމެވެ. އެހެންނޫންނަމަ މުސާރައެއް ނުދެއްކުނީހެވެ. ކުރީގެ ވެރިކަމުގައި އޮތީ ހުސް ދޮގު ކަމަށް ވެސް އޭނާ ބުންޏެވެ.

"ބާސެލޯނާގައި ނެގެޓިވް 451 މިލިއަން ޔޫރޯގެ ނެޓްވޯތެއް އެބައޮތެވެ. މިއީ ވަރަށް ދަށް އާމްދަނީ އެކެވެ. އަދި މިއީ ވަރަށް ކަންބޮޑުވާން ޖެހޭ ކަމެކެވެ." ބާސާގެ ރައީސް ލަޕޯޓާ ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355