twitterviber whatsapp telegramfacebookyoutube instagram
16th September 2026

25 ސާމްޕަލްގެ ތެރެއިން 2 ސާމްޕަލެއް ޕޮޒިޓިވްވެއްޖެ

ޚަދީޖާ އާދަމް
Aug 17, 2021
1

ކުޅުދުއްފުށިން އިއްޔެ ޕޮޒިޓިވްވި ކޭސްއާއި ގުޅިގެން ނެގި 25 ސާމްޕަލްގެ ތެރެއިން 2 ސާމްޕަލް ޕޮޒިޓިވްވެފައިވާ ކަމަށް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން ބުނެފި އެވެ.

އިއްޔެ ޕޮޒިޓިވްވެފައިވަނީ އަލާމަތްތައް ހުރެގެން ފުލޫ އޯޕީޑީއަށް ދެއްކި މީހެކެވެ. އެމީހާގެ ކޮންޓެކްޓް ޓްރޭސިންތެރެއިން ފާހަގަ 25 ފަރާތެއް ފާހަގަވެފައިވާއިރު 15 ގެއެއް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. ފަހުން ޕޮޒިޓިވްވި ފަރާތްތަކުގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.

މިދިޔަ މަހު 24 ވަނަ ދުވަހުވެސް ފުލޫ އޯފީޑީއަށް ދެއްކި 13 އަހަރުގެ އަންހެން ކުއްޖަކު ކޮވިޑަށް ޕޮޒިޓިވްވެ ކުޅުދުއްފުށި ވަނީ ޖުލައި 26 ވަނަ ދުވަހު މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. އެފަހަރު ޖުމްލަ 72 މީހުން ޕޮޒިޓިވް ވެފައިވާއިރު މޮނީޓަރިންގެ ހާލަތު އުވާލީ މިމަހު 10 ވަނަ ދުވަހުއެވެ.

ހުމާއި ރޯގާގެ އަލާމާތްތައް ހުރި އެންމެހާ ބޭފުޅުން ލަސް ނުކުރައްވާ ސާމްޕަލް ނެގުމަކީ ބަލި ފެތުރުން ކޮންޓްރޯލު ކުރުމަށް އެޅިގެން ދާނެ ފިޔަވަޅެއް ކަމަށާއި ފުލޫ އޯޕީޑީއަށް ގޮސް ނުވަތަ 7606688 އަށް ގުޅާ ނުވަތަ އެސްއެމްއެސް ކޮށްގެން ސާމްޕަލް ނެގުމުމަށް އެ ހޮސްޕިޓަލުން ވަނީ އިލްތިމާސް ކުރައްވާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293