twitterviber whatsapp telegramfacebookyoutube instagram
18th September 2021

އަންހެނުންގެ ހައްގުތަކަށް އިހުތިރާމް ކުރާނެ ކަމަށް ޠާލިބާނުން ބުނެފި

ނަބީލާ އިސްމާޢީލް
Aug 18, 2021

އަންހެނުންގެ ހައްގުތަކަށް އިހްތިރާމް ކުރާނެ ކަމުގެ ޔަގީންކަން އެގައުމުގެ ކޮންޓްރޯލް ހޯދި ތާލިބާން ޖަމާއަތުން ދީފިއެވެ.

އަފްޣާނިސްތާނުގެ އެތެރެއިންނާއި ބޭރުންވެސް ދުޝްމަނުން ބޭނުން ނުވާކަމަށާއި އަދި އަފްޣާނިސްތާނުގެ އެތެރޭގައި ދާޚިލީ ތަޅާފޮޅުމާއި ފިތުނައަށް މަގުފަހިވާފަދަ އަމަލެއް ނުހިންގާނެ ކަމަށްގެ ޔަގީންކަންވެސް ތާލިބާން ޖަމާއަތުން ވަނީ ދީފައެވެ.

ތާލިބާނުން އަންހެނުންގެ ހައްގުތަކަށް އިހްތިރާމް ނުކުރާކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ޒަބީޙުﷲ ބުނީ އިސްލާމް ދީނުގައި އަންހެނުންނަށް ދީފައިވާ ހައްގުތަކެއް އެޖަމާއަތުން އަފްޣާން އަންހެނުންނަށް ކަށަވަރުކޮށްދޭނެ ކަމުގައެވެ. މިގޮތުން އަންހެނުން ވަޒީފާ އަދާކުރުމަށާއި އަންހެނުންގެ ތައުލީމާއި ތަމްރީނާއި މަސައްކަތްތެރިކަމަށް ތާލިބާނުން ހުރަސްނާޅާނެކަމުގެ ޔަގީންކަން ދޭކަމަށް ބުންޏެވެ.

އިސްލާމީ އުސޫލުތަކާ އެއްގޮތަށް ހުރިހާ ކަމަކަށް ވެސް ޖާގަދޭނެ ކަމަށާއި، އަންހެނުންނާ މެދު އެއްވެސް ތަފާތު ކުރުމެއް ނުގެންގުޅޭނެ ކަމަށް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ނޫސްވެރިކަމުގެ މިނިވަންކަމާއި, ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ޖާގަ ދެވޭނެ ކަމަށެވެ. އަފްޣާންގެ ސަގާފަތާއި, އުސޫލުތަކުގެ ތެރެއިން މީޑިއާތަކަށް ވެސް ޖާގަދޭނެ ކަމަށް ވިދާޅުވިއެވެ.

ރައްޔިތުންގެ ގެދޮރަށް ވަދެ ކުރީގެ ސަރުކާރަށް ހިދުމަތްކުރި މީހުންނަށް އެއްވެސް އަދަަބެއް ދިނުމުގެ ވިސްނުމެއް ނެތް ކަަމަށް ވެސް ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355