twitterviber whatsapp telegramfacebookyoutube instagram
13th June 2026

މެލޭޝިޔާގެ ބޮޑުވަޒީރުގެ މަގާމަށް އިސްމާއީލް ސަބްރީ

ނަބީލާ އިސްމާޢީލް
Aug 21, 2021

މެލޭޝިޔާގެ ބޮޑުވަޒީރުގެ މަގާމަށް އިސްމާއީލް ސަބްރީ ބިން ޔައުގޫބް އައްޔަންކޮށްފިއެވެ.

އާ އިންތިޚާބަކަށް ނުގޮސް އިސްމާއިލް ސަބްރީ ޔައުގޫބު ބޮޑުވަޒީރުކަމުގެ ހުވާ ކުރެއްވީ ޕާލަމެންޓުގެ އަޣުލަބިއްޔަތު އޭނާ އަށް އޮތްކަން ރަސްގެފާނަށް ސާބިތުކޮށްދެއްވުމުންނެވެ. އާ ބޮޑުވަޒީރުގެ މަގާމަށް ސަބްރީ ނޮމިނޭޓްކޮށްފައި ވަނީ އިއްޔެ އެވެ. އެއީ 17 މަހަށް ފަހު ބޮޑުވަޒީރުގެ މަގާމުން މުހްޔިއްދީން ޔާސީން މިދިޔަ ހަފުތާގައި އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

އެ ގައުމުގައި ކޮރޯނާވައިރަހުގެ ހާލަތު މި ވަގުތު އޮތް ގޮތުން އާ އިންތިޚާބަކަށް ދިއުމުގެ ބަދަލުގައި ރަސްގެފާން ސުލްތާން އަބްދުﷲ ސުލްތާން އަހުމަދު ޝާހު ނިންމެވީ ޕާލަމެންޓުގެ އަޣުލަބިއްތު އޮތް ބޭފުޅަކު ބޮޑުވަޒީރުގެ މަގާމަށް އައްޔަން ކުރުމަށެވެ.

ސަބްރީ މީގެކުރިން ހުންނެވީ މެލޭޝިޔާގެ ބޮޑުވަޒީރުގެ މަގާމުން އިސްތިއުފާދެއްވި މުހްޔިއްދީން ޔާސީންގެ ނައިބުގެ މަގާމުގައެވެ.

މެލޭޝިޔާގެ ޢަބްދުﷲ ރަސްގެފާނުގެ ކުރިފުޅުމަތީގައި ބޮޑުވަޒީރުގެ މަޤާމުގެ ހުވައިކުރެއްވުމުގެ ރަސްމިއްޔާތުގައި އެ ޤައުމުގެ ސިޔާސީ ޕާޓީތަކުގެ އިސްވެރިންވަނީ ބައިވެރިވަޑައިގަންނަވައިފައެވެ.

އުމުރުން 61 އަހަރުގެ އިސްމާއިލް ސަބްރީ ވަނީ ކެބިނެޓުގެ ވަރަށް ގިނަ މަގާމުތައް އަދާކުރައްވައިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355