twitterviber whatsapp telegramfacebookyoutube instagram
19th May 2024

އީ-ޓުކުރި ބެހޭގޮތުން މައުލޫމާތު ދިނުމުގެ ސެޝަނެއް މިރޭ ކުޅުދުއްފުށީގައި

Aug 22, 2021

މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ އީކޮމާރސް ޕްލެޓްޕޯމް އީ-ޓުކުރިއާ ބެހޭ މައުލޫމާތު ދިނުމުގެ ހާއްސަ ސެޝަނެއް މިރޭ ކުޅުދުއްފުށީގައި ބޭއްވުމަށް ހަމަޖެހިއްޖެ އެވެ. ޕޯސްޓުން ބުނީ މި ޕްލެޓްފޯމްގައި ކުޅުދުއްފުއްޓަށް ހާއްސަ ކޮމިއުނިޓީ އޮންލައިން ޝޮޕްއާބެހޭ މައުލޫމާތުވެސް ދެވޭނެކަމަށެވެ.

މި ސެޝަން ކުރިއަށް ދާނީ މިރޭ 09:00 ގައި އަފީފުއްދީން ސްކޫލްގެ ހޯލުގައެވެ. މި ސެޝަންގައި ރަށުގައި އަމިއްލަ އުފެއްދުންތައް އުފައްދާ ފަރާތްތަކުން ބައިވެރިވުމަށް ޕޯސްޓުން އެދެއެވެ.

ކޮމިއުނިޓީ އޮންލައިން ޝޮޕް އަކީ ރަށު ފެންވަރުގައި އުފައްދާ ތަކެތި މޯލްޑިވްސް ޕޯސްޓްގެ އީ-ޓުކުރި ޕްލެޓްފޯރމް މެދުވެރިކޮށް ގަނެވިއްކައި ހެދޭ " ރަށު އޮންލައިން ފިހާރަ" އެކެވެ. އެ ރަށަކަށް ޚާއްސަކުރެވިފައިވާ މި އޮންލައިން ފިހާރައިގައި އެރަށެއްގެ އުފެއްދުންތެރިންގެ އުފެއްދުންތައް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްކުމުގެ ފުރްސަތު އީ-ޓުކުރި ޕްލެޓްފޯރމްގެ ތެރެއިން ފަހިކޮށްދެވޭނެއެވެ. ޕޯސްޓުގެ ދައުރަކީ މި ފިހާރައިގައި ބައިވެރިވާ ރަށުގެ އުފެއްދުންތެރިންގެ އުފެއްދުންތަކަށް ރާއްޖޭގެ އެކިކަންކޮޅުތަކުން ބާޒާރު ހޯދައިދިނުމާއި، އެތަކެތި މާކެޓްކޮށް އިޝްތިހާރުކޮށްދިނުމާއި އަދި ގަނެވިއްކާ ތަކެތި ޕޯސްޓުގެ ޑެލިވަރީ ނިޒާމުގެ ތެރެއިން ރާއްޖޭގެ ކަންކޮޅުތަކަށް ޑެލިވަރކޮށްދިނުމެވެ.

މި އޮންލައިން ޝޮޕްގައި ރަށުގައި އުފައްދާތަކެތި އުފައްދާ ގެތަށް ވަކިން ލިސްޓުކުރުމުން، ޕްރީ އޯޑަރކޮށްވެސް ތަކެތިއުފައްދާވިއްކޭނެއެވެ. އޯޑަރ އައުމުން ޕޯސްޓު މެދުވެރިކޮށް އެކަން އެތަކެއްޗެއް އުފައްދާ ފަރާތަކަށް އަންގާނެއެވެ. އަދި އޯޑަރު ތައްޔާރުވުމުން އެރަށެއްގައި ހުންނަ ޕޯސްޓް އޮފީހަކާ ހަވާލުކުރުމުން އެތަކެތި އޯޑަރުކުރެއްވި ފަރާތައް ޑެލިވަރީކޮށްދޭނެއެވެ.

ކޮމިއުނިޓީ އޮންލައިން ޝޮޕްގެ ޙާއްސަ ކަމަކީ އޭގައި ލިސްޓްކުރެވޭ ތަކެއްޗަކީ އެރަށެއްގެ އުފެއްދުންތެރިންގެ އުފެއްދުންތައް އެއްތަނަކުން ބަލާލެވި ކޮންމެ ތަނެއްގައި ހުރެވެސް އީ-ޓުކުރި ޕްލެޓްފޯމެއްގެ ތެރެއިން އިތުބާރާ އެކު ގަނެވި ޕޯސްޓުގެ ޑެލިވަރީ ނިޒާމުގެ ތެރެއިން ރާއްޖޭގެ ކަންކޮޅުތަކަށް ޑެލިވަރީވުމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355