twitterviber whatsapp telegramfacebookyoutube instagram
29th September 2023

ބިރުވެރި ފިލްމު "ރޯޒީ"އިން ޕަލަކް ބޮލީވުޑަށް

ޚަދީޖާ އާދަމް
Aug 23, 2021

ޓީވީ ބަތަލާ ޝްވޭތާ ތިވާރީގެ ދަރިފުޅު ޕަލަކް ތިވާރީ ބޮލީވުޑަށް ނުކުންނަ "ރޯޒީ: ދަ ސެފްރޯން ޗެޕްޓާރ" ފިލްމުގެ ޓީޒާ ބެލުންތެރިންނަށް ދައްކާލައިފި އެވެ.

ޕަލަކްގެ އިތުރުން ފިލްމުން ފެނިގެން ދާނީ ޝިވިންގް ނަޔަރާއި އަރްބާޒް ޚާނާއި ބަތަލާ ކާޖޮލްގެ ކޮއްކޮ ތަނީޝާ މުކަރްޖީގެ އިތުރުން ވިޝްވަޖީތު ޕްރަދާން އެވެ.

މި ފިލްމުގައި ކިޔާދޭނީ ކޯލް ސެންޓަރެއްގައި މަސައްކަތްކުރާ ޒުވާން އަންހެން ކުއްޖަކަށް ދިމާވާ ބިރުވެރި ހާދިސާތަކެއްގެ ވާހަކަ އެވެ.

މި ފިލްމުގެ ލަވައެއްވެސް ވަރަށް އަވަހަށް ބެލުންތެރިންނަށް ދޫކޮށްލާނެއެވެ. ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާންކޮށްފައި ނުވާއިރު މި ފިލްމަކީ ޕްރޭނާ އަރޯރާ ޕްރޮޑިއުސް ކުރާ ފިލްމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355