twitterviber whatsapp telegramfacebookyoutube instagram
23rd April 2024

ކުންނާރުގައި ސިއްހީ ގިނަ ފައިދާތަކެއްވެސް އެކުލެވޭކަން އެނގޭތަ؟

ނަބީލާ އިސްމާޢީލް
Sep 28, 2021

މާބޮޑު މަސައްކަތަކާއި ނުލާ ރާއްޖޭގައިވެސް އާންމުކޮށް ހެދޭ ކުންނާރަކީ އަހަރެމެން ދިވެހިން އާންމުކޮށް އޭގެ ފައިދާއެއް ލިބިގަތުމަށްވުރެ އަނގަޔަށް މީރުކޮށްލަން މަޖާ ހަދައިގެން ނޫނީ ލޮނާ ނުވަތަ މިރުހާއެކު ކައި އުޅޭ މޭވާ އެކެވެ. ނަމަވެސް މި މޭވާ އަކީވެސް ސިއްހީ އެތައް ފައިދާއަކުން މުއްސަދިވެފައިވާ މީރު މޭވާ އެކެވެ.

މައިގަނޑު ގޮތެއްގައި ހުތް ފޮނި ރަގައެއްލާ މި މޭވާއިން ހަށިގަނޑަށް އެތައް ވިޓަމިނަކާއި މިނަރަލްސް ލިބައިދެ އެވެ.

ކުންނާރުގައި ހުންނަ މައިގަނޑު މައުދަންތަކުގެ ތެރޭގައި، ޕޮޓޭސިއަމް، ފޮސްފަރަސް، މެންގަނީޒް، ސޯޑިއަމް، ޒިންކު، ދަނގަޑު، ކޮޕަރ، އަދި ކެލްސިއަމް ހިމެނެއެވެ. ކުންނާރުގައި ހުންނަ ވިޓަމިން ތަކުގެ ތެރޭގައި، ވިޓަމިން ސީ، ރައިބޯފްލެވިން، އަދި ތިއެމިން ހިމެނެއެވެ.

ކުންނާރުގައި ގިނައަދަދަކަށް އެންޓި އޮކްސިޑެންޓް ތައް ހުރެއެވެ. އެކަމުގެ ސަބަބުން ތަފާތު ބާވަތްތަކުގެ ކެންސަރުން ރައްކާތެރިވުމަށް އެހީތެރި ވެއެވެ. އޭގެ ތެރޭގައި، ފުރަމޭގެ ކެންސަރު، ގޮހޮރުގެ ކެންސަރު، އުރަމަތީގެ ކެންސަރު، އަދި ޕްރޮސްޓޭޓް ކެންސަރު ހިމެނެއެވެ.

ކުންނާރުގައި ޕޮޓޭސިއަމް ގިނަ އަދަދަކަށް ހުރުމަކީ އޭގެ ސަބަބުން ލޭގެ ޕްރެޝަރު ކޮންޓްރޯލް ކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. އަދި ގުލްކޯޒް، ފްރަކްޓޯޒް، ރަމްނޯޒް، އަދި ސުކްރޯޒް، އެކުލެވިގެންވުމުން، ކުންނާރު ބޭނުންކުރުމުން ހަށިގަނޑަށް ހަކަތައާއި ބާރު ލިއްބައިދެއެވެ.

އަދި މިއީ ވަރަށް ފަސޭހައިން ހަޖަމުކުރެވޭ މޭވާ އެކެވެ. މޭނުބައިކުރުމާއި ހޮނޑުލުން، އަދި ބަނޑުގައި ރިހުން ލުއިކުރުމަށް ކުންނާރު ބޭނުންކުރެވެއެވެ. އަދި މިއީ ބަނޑުގައި ވައިހެދުމުގެ މައްސަލަ ލުއިކޮށްދޭ މޭވާ އެއްވެސް މެއެވެ.

މި ނޫނަސް މި މޭވާއަކީ ވަރަށްގިނަ ސިއްހީ ފައިދާތަކުން މުއްސަންދިވެފައިވާ މޭވާއެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355