twitterviber whatsapp telegramfacebookyoutube instagram
25th March 2026

އަމީތާބުގެ ޗެހެރޭއަށް ފިނި ތަރުހީބެއް

ޚަދީޖާ އާދަމް
Aug 29, 2021

އަމީތާބު ބައްޗަން އަދި އިމްރާން ހާޝިމީގެ ޗެހެރޭއަށް ފުރަތަމަ ދުވަހު މާ ބޮޑު ތަރުހީބެއް ނުލިބުނެއެވެ.

މި ފިލްމު ރިލީޒްކޮށްފައިވަނީ ސިނަމާތަކުގައެވެ. އެގޮތުން މި ފިލްމަށް ފުރަތަމަ ދުވަހު ލިބިފައިވަނީ 40 ލައްކަ ރުޕީސް އެވެ. ހަބަރުތަކުން ރިޕޯޓްކުރާ ގޮތުގައި ޗެހެރޭއެކު ސިނަމާތަކުގައި އެޅުވި ޕަންޖާބީ ފިލްމު "ޗަލް މޭރާ ޕުޓް 2" އަށްވެސް ލިބިފައިވަނީ ޗެހެރޭއާއެއްވަރުގެ އާމްދަނީ އެކެވެ.

ޗަލް މޭރާ ޕުޓް 2 އަކީ މިދިޔަ އަހަރު މާޗުމަހު ރިލީޒްކޮށް ކޮރޯނާގެ ސަބަބުން ތިއޭޓާގައި އެޅުވުން ކެންސަލްވި ފިލްމެކެވެ.

އިންޑިޔާއަށް އެރި ކޮވިޑްގެ ދެވަނަ ރާޅަށްފަހު އެންމެ ފުރަތަމަ ސިނަމާތަކަށް އައީ އަކްޝޭގެ ބެލްބޮޓޮމްއެވެ. ބެލުންތެރިންގެ ފަރާތުން ބޮޑު ސަޕޯޓެއް ލިބުނު މި ފިލްމަށް ފުރަތަމަ ދުވަހު 2.72 ކަރޯޑް ލިބުނެވެ. އަދި މިއަދުގެ ނިޔަލަށް ފިލްމުގެ އާމްދަނީއަކީ 19 ކަރޯޑް ރުޕީސްއެވެ.

ރިޕޯޓްތަކުން ބުނާގޮތުގައި އަމީތާބަށް ޗެހެރޭގެ ސްކްރިޕްޓް ކަމުދިޔަ ވަރުން އެ ފިލްމު ކުޅެދީފައިވަނީ އެއްވެސް ފީ އެއް ނުނަގާގޮތަށެވެ. އަދި ފިލްމުގެ ޝޫޓިންނަށް ޕޮލެންޑަށް އޭނާ ދަތުރުކޮށްފައިވަނީ ވެސް އަމިއްލަ ހަރަދުގައެވެ.

އަމީތާބު، އިމްރާންގެ އިތުރުން ދެން ފިލްމުގެ މުހިއްމު ރޯލުތަކުން ފެނިގެންދާނީ ޓީވީ ތަރި ކްރިސްޓަލް ޑިސޫޒާ އަދި ރިއާ ޗަކްރަބަތީ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355