twitterviber whatsapp telegramfacebookyoutube instagram
30th October 2025

ވިކްރަމްއާއެކު ހޭދަކުރަން ލިބުނީ 40 ދުވަސް: ޑިމްޕަލް

ޚަދީޖާ އާދަމް
Aug 30, 2021

ޝެރްޝާހުގެ ރައިޓަރު ސަންދީޕް ސްރިވަސްތަވާ ދާދިފަހު ވަނީ ފިލްމުގެ ވާހަކަ ލިއުމަށް ޑިމްޕަލް ޝީމާއާއި ބައްދަލުވެ ދެކެވުނު ވާހަކަތައް ހިއްސާކޮށްފައެވެ.

އެގޮތުން ސަންދީޕް ބުނީ ޑިމްޕަލްއާ ވިކްރަމްގެ ގުޅުން 4 އަހަރު ދުވަހަށް ދެމިގެން ދިޔަނަމަވެސް އެކުގައި ހޭދަކުރަން ލިބުނީ ގާތްގަނޑަކަށް 40 ދުވަސްކަމަށް ޑިމްޕަލް ބުނިކަމަށެވެ.

ސަންދީޕް ބުނީ އެ 40 ދުވަހުގެ ގުޅުން ފިލްމުގައި ވަރަށް ރަނގަޅަށް ގެނެސްދެވިފައިވާކަމަށް ގަބޫލްކުރާ ކަމަށާއި އެމީހުން އެކުގައި ހޭދަކުރި ވަގުތު ކިތަންމެ ކުރުނަމަވެސް ވިކްރަމްގެ ވާހަކަ ޑިމްޕަލްއާއި ނުލައި ފުރިހަމަ ނުވާނެ ކަމަށެވެ. އެގޮތުން ޑިމްޕަލްއަކީ ވިކްރަމްއަށް ވަރަށް މުހިއްމު ފަރާތެއްކަމަށްވެސް އޭނާ ބުންޏެވެ.

ފިމްލުގައި ޑިމްޕަލްގެ ކެރެކްޓާރ ކުޅުނު ކިއާރާ އަދުވާނީ ކުރިން ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ ފިލްމަށް ތައްޔާރުވަމުން ދަނިކޮށް ޗަންދީގަރުން ޑިމްޕަލްއާއި ދިމާވިކަމަށާއި ފިލްމުގައި ހިމެނޭ ލަވަތައް ވަރަށް ކަމުދާވާހަކަ އޭނާގާތު ޑިމްޕަލް ބުނިކަމަށެވެ.

ވިކްރަމް މަރުވިއިރު އެދެމީހުން އޮތީ ކައިވެނިވެސް ކުރަންވެސް ނިންމާފައެވެ. ވިކްރަމްގެ މަރަށްފަހު ޑިމްޕަލް އެއްވެސް މީހަކާ މިހާތަނަށް އިނދެފައެއް ނުވެއެވެ. އަދިވެސް ހުރީ ވިކްރަމްގެ ހަނދާނުގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355