twitterviber whatsapp telegramfacebookyoutube instagram
25th April 2024

ކޭއާރުއެޗުގެ އޭންޓް ކިޔޫ މޯބައިލް އެޕްލިކޭޝަނަށް އިތުރު ހިދުމަތްތަކެއް ތައާރަފްކުރަނީ

މުޙައްމަދު އަހުމަދު
Aug 30, 2021

ކިޔު ނަމްބަރު ދޫކުރުމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބޭނުންކުރާ މޯބައިލް ކިއު ސިސްޓަމް އޭންޓް ކިޔޫ މެދުވެރިކޮށް ހިދުމަތް ހޯދުމުގައި ފަސޭހަކުރުމުގެ ގޮތުން އަންނަމަހުން އިން ފެށިގެން އިތުރު ހިދުމަތެއް ތައާރަފް ކުރުމަށް ނިންމައިފި އެވެ.

މީގެ ކުރިން އޭންޓް ކިޔު މޯބައިލް ސިސްޓަމް އެ ހޮސްޕިޓަލުން ބޭނުންކުރަމުންދަނީ ކިޔު ނަންބަރު ބެލުމަށެވެ. އެހެންނަމަވެސް ހިދުމަތް ހޯދައި ފަރާތްތަކަށް ފަސޭހަކުރުމުގެ ގޮތުން އެ އެޕް މެދުވެރިކޮށް ތައާރަފުކުރަން ހަމަޖެހިފައިވާ ހިދުމަތްތަކަކީ ފައިސާ ދެއްކުމާއި ރިޕޯޓް ދޫކުރުމާއި އެކްސްރޭ އަދި ލެބޯޓަރީގެ ކިޔު ނަންބަރު ނެގޭނެ ހިދުމަތެވެ.

އެކަމަކު އަދި ކެންސަލް ކިޔޫ ނަމްބަރު ދޫކުރުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ހޮސްޕިޓަލްގެ އޯޕީޑީ އޭރިއާގައި ބެހެއްޓިފައިވާ ޑިސްޕެންސަރުން އެކަނިކަމަށް ހޮސްޕިޓަލުން މައުލޫމާތުދެ އެވެ.

މިބަދަލާއެކު މިހާރު ކިޔޫގައި ހޭދަކުރަންޖެހޭ ވަގުތު ކުޑަވެ، ހިދުމަތްތައް ހޯދުމުގައި އިތުރު ލުއި ފަސޭކަމެއް ލިބޭނެކަމަށް އުއްމީދުކުރާ ކަމަށް އެހޮސްޕިޓަލުން ނެރުނު އިއުލާނުގައިވެ އެވެ.

ސެޕްޓެމްބަރުން ފެށިގެން ކިޔޫ ނަމްބަރު ދޫކުރުމަށް ހަމަޖެހިފައިވާ ގަޑިތައް

- ކިޔޫ ނަމްބަރު ދޫކުރަން ފަށާނީ، ހެނދުނު ދަންފަޅި: 07:30، މެންދުރުފަހު ދަންފަޅި: 15:00

- މެމޯ ހައްދަން ފަށާނީ، ހެނދުނު ދަންފަޅި: 07:30، މެންދުރުފަހު ދަންފަޅި: 15:00

- ކެންސަލް ކިޔޫ ނަމްބަރު ދޫކުރަން ފަށާނީ، ހެނދުނު ދަންފަޅި: 07:30، މެންދުރުފަހު ދަންފަޅި: 15:00

- ކެންސަލް މެމޯ ހައްދަން ފަށާނީ، ހެނދުނު ދަންފަޅި: 10:00، މެންދުރުފަހު ދަންފަޅި: 17:00

- ޑޮކްޓަރުން ބައްލަވަން ފަށާނީ، ހެނދުނު ދަންފަޅި: 08:00، މެންދުރުފަހު ދަންފަޅި: 15:00

- މިސްޑް ޓޯކަން ބަލާނެ އެންމެފަހު ގަޑިއަކީ، ހެނދުނު ދަންފަޅި: 14:30 މެންދުރުފަހު ދަންފަޅި: 20:30

ކޭއާރުއެޗަކީ ކޮންމެ ދުވަހަކުވެސް ގިނަ ބަޔަކު ހިދުމަތް ހޯދަމުންދާ ހޮސްޕިޓަލެއްކަމުން މިފަދަ ހިދުމަތްތަކެއް ތައާރަފުކުރެވިގެން ދިޔުމުން އެކަމުގެ ފަސޭހަ ގިނަ ބަޔަކަށް ކުރާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355