twitterviber whatsapp telegramfacebookyoutube instagram
4th May 2024

އެޗްއާރްސީއެމުން ވިޔަފާރިތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޕްރޮގުރާމްގެ ދަށުން މައުލޫމާތުދިނުމުގެ ސެޝަނެއް ބާއްވަނީ

މުޙައްމަދު އަހުމަދު
Sep 1, 2021

ހިއުމަން ރައިޓްސް ކޮމިޝަނުން ކުރިއަށް ގެންދާ "އިންޓަގްރޭޓެޑް ހިއުމަން ރައިޓްސް ޕްރޮގުރާމް" ގެ ދަށުން ކުޅުދުއްފުށީގެ ވިޔަފާރިވެރިންނަށް އަމާޒުކޮށްގެން ވިޔަފާރިއާއި އިންސާނީ ހައްގާއި ގުޅޭގޮތުން މައުލޫމާތުދިނުމުގެ ސެޝަނެއް ބާއްވަން ހަމަޖެހިފައިވާ ކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނެއްޖެ އެވެ.

ސެޝަންގައި ބައިވެރިވާން ބޭނުންވާ ވިޔަފާރިވެރިން https://forms.gle/3aTj5L5zuLrJZYZ56 މި ލިންކު ބޭނުންކުރައްވައިގެން ނަންނޯޓު ކުރެވޭނެ ކަމަށް އެއިއުލާނުގައި ބަޔާންކޮށްފައިވެ އެވެ. އަދި ނަންނޯޓުކުރުމުގެ ސުންގަޑިއަކީ މި ސެޕްޓެމްބަރު މަހުގެ 5 ވަނަ ދުވަހުގެ 12 ގެ ކުރިން ކަމަށްވެސް އިއުލާނުގައިވެ އެވެ.

މިސެޝަން ކުރިއަށް ދާނީ 7 ސެޕްޓެމްބަރު ވަނަ ދުވަހުގެ ރޭގަނޑު 20:30 ން 22:00 އަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355