twitterviber whatsapp telegramfacebookyoutube instagram
14th June 2025

ދިރާގުން ފައިބާ ކަނެކްޝަނަށް ހިލޭ އަޕްގްރޭޑް ކޮށްދެނީ

Sep 8, 2021

ދިރާގުގެ އޭޑީއެސްއެލް އިންޓަނެޓް ކަނެކްޝަން ގެންގުޅޭ ކަސްޓަމަރުންނަށް "ހައި ސްޕީޑް ފައިބާ ބްރޯޑްބޭންޑް" އަށް ހިލޭ އަޕްގްރޭޑް ކޮށްދެ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މިމަހު 30ގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަންގެ ދަށުން އަޕްގްރޭޑް ކުރުުމަށް އެޕްލައި ކުރާ ފަރާތްތަކަށް ހިލޭ ކަނެކްޝަން ސެޓަޕްގެ ހުރިހާ މަސައްކަތެއް ދިރާގުން ކޮށްދޭނެ ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.

ދިރާގުން ބުނީ ދިރާގުގެ އޭޑީއެސްއެލް ކަނެކްޝަން އަޕްގްރޭޑްކުރުމުން ކުރިއަށްވުރެ މަތީ ސްޕީޑްތަކަކާއި ފެންވަރު ރަނގަޅު ހިދުމަތެއް ލިބިގެންދާނެ ކަމަށެވެ. އަދި ފައިބާ ކަނެކްޝަނަށް ބަދަލުކޮށް ދިރާގުން ފޯރުކޮށްދޭ ފައިބާ އިންޓާނެޓް ޕެކޭޖުތައް އިހްތިޔާރު ކުރެވޭނެކަމަށާއި އަދި މި ޕެކޭޖްތަކާއި އެކު އޭޑީއެސްއެލް ކަނެކްޝަން ޕެކޭޖުތަކަށްވުރެ އިންޓަނެޓް ސްޕީޑާ ޑާޓާ އެލަވެންސްތައް އިތުރުވެގެންދާނެ ކަމަށްވެސް ދިރާގުން މައުލޫމާތު ދެއެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355