twitterviber whatsapp telegramfacebookyoutube instagram
29th July 2026

ނޮޅިވަރަމް ރައްޔިތުންނަށް އެހީވުމަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން އިސްނަގައިފި

ޚަދީޖާ އާދަމް
Sep 9, 2021

ހދ ނޮޅިވަރަމްގައި ކޮވިޑްގެ ހާލަތު ގޯސްވެފައިވާއިރު އެރަށު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ތަކެތި ހަދިޔާ ކުރުމަށް ބޭނުންވާ ރައްޔިތުންނަށް އެ ފުރުސަތު ކުޅުދުއްފުށި ސިޓީ ކައުންސިލުން ހުޅުވާލައިފި އެވެ.

އެރަށު ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ތަކެތި ހަދިޔާކުރަން ބޭނުންވާ ފަރާތްތަކުން މިއަދު ހަވީރު 16:30 ން 17:30 އަދި ރޭގަނޑު 20:30 ން 22:00 ދެމެދު ތަކެތި ހަވާލުކުރުމަށް އުތުރު ބަނދަރު ސަރަހައްދުގައި އަލަށް އިމާރާތްކުރެވުނު ދަތުރު ހިޔާއަށް ވަޑައިގެން ތަކެތި ހަދިޔާކުރެއްވުމަށެވެ.

އެގޮތުން ހަދިޔާ ކުރެވޭނެ ތަކެއްޗަކީ ފެން، ސެނެޓައިޒާ، ސާޖިކަލް ގްލަވްސް، މަސްދަޅު، ވަޅޯމަސް، ދަޅުކާނާ، ކާޑުގެ ބާވަތްތައް، ނޫޑްލސް، ފާސްތާ އަދި ތައްޔާރީ ކާނާ ހިމެނެއެވެ.

ވީހާވެސް ގިނަ ބަޔަކު ނޮޅިވަރަމަށް އެހީވުމަކީ ކުޅުދުއްފުށި ސިޓީ ކައުންސިލުންގެ ވަރަށް ބޮޑު އެދުމެއްކަމަށް އެ ކައުންސިލުން ހާމަކުރެ އެވެ.

އެރަށުގެ ކޮވިޑްގެ ހާލަތު ގޯސްވެ ބަލި ޖެހުނު މީހުންގެ އަދަދު 200 އަށްވުރެ ވަނީ މަތިވެފައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355