twitterviber whatsapp telegramfacebookyoutube instagram
29th December 2025

އާބާދީ 55 ގެ ހަރަކާތުގައި ބައިވެރިވެވަޑައިގަތުމަށް މޭޔަރު އާތިފް ތިނަދޫއަށް

Sep 10, 2021
2

ގދ ތިނަދޫގައި ދެވަނަ ފަހަރަށް މީހުން އާބާދުވިތާ 55 އަހަރު ފާހަގަކުރުމަށް ބާއްވާ ހާއްސަ ހަރަކާތުގައި ބައިވެރިވެވަޑައިގަތުމަށް ކުޅުދުއްފުށި މޭޔަރު މުހައްމަދު އާތިފް އެރަށަށް ފުރާވަޑައިގަންނަވައިފި އެވެ.

މިއީ ތިނަދޫގެ ކައުންސިލްގެ ދައުވަތަށް ކުރާ ދަތުރުފުޅެކެވެ. ކުޅުދުއްފުށި މޭޔަރު މިއަދު މެންދުރުގެ ވަގުތެއްގައި ވަނީ އެރަށަށް ވަޑައިގަންނަވާފަ އެވެ. މޭޔަރު އެނބުރި ކުޅުދުއްފުއްޓަށް ވަޑައިގަންނަވާނީ އާދިއްތަ ދުވަހު އެވެ.

ތިނަދޫގައި ދެވަނަ ފަހަރަށް މީހުން އާބާދުވާން ފެށިތާ 55 އަހަރުވުމުގެ ހަރަކާތްތައް ކުލަގަދަކޮށް ގެންދިޔުމަށް އެރަށު ކައުންސިލުން ވަނީ ނިންމާފަ އެވެ. އެގޮތުން ބާއްވާ ރަސްމީ ޖަލްސާ މިރޭ އެރަށު މިއުޒިއަމް ޕާރކްގައި އޮންނާނެ އެވެ.

ތިނަދޫގައި އިއްޔެ ހަވީރުން ފެށިގެން ހަރަކާތްތައް ކުރިއަށްދާއިރު މި ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ތިނަދޫއަށް ނިސްބަތްވާ ގިނަ ފަރާތްތަކަކާއި ދައުވަތު ދެއްވައިގެން ގިނަ މެހެމާނުންނާ ވަނީ ތިނަދޫއަށް ވަޑައިގެންފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355