twitterviber whatsapp telegramfacebookyoutube instagram
20th September 2026

ކުމުންދޫއާއި ނޭކުރެންދޫގައި ރާއީގެ ޓިއުޝަން ސެންޓަރެއް ހުޅުވައިފި

Sep 13, 2021

ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ނިސްބަތްވެވަޑައިގަންނަވާ ދާއިރާގައި ހިމެނޭ ހދ. ކުމުންދޫ އާއި ނޭކުރެންދޫގައި ޓިއުޝަން ސެންޓަރުތަކެއް ހުޅުވައިފިއެވެ.

"ސަން" އަށް މައުލޫމާތު ދެމުން މެންބަރު ރާއީވިދާޅުވީ މި ދެ ރަށުގައި ތުއްތު ކުދިންނަށް ގުރުއާން ކިޔަވައިދޭނެ ފަހި ގޮތެއް ގާއިމްކޮށްދިނުމަށް ކެމްޕެއިނު ތެރޭގައި އެ ދެ ރަށުގެ ރައްޔިތުން ވެސް އެދިފައިވާ ކަމަށާއި އެގޮތުން މި ގާއިމް ކުރެވުނު ސެންޓަރުތަކުގައި ގުރުއާން ކިޔަވައިދެމުން ގެންދާނީ ފީއެއް ނުނަގާ ހިލޭ ކަމަށެވެ.

މި ސެންޓަރުތަކުގެ މަގުސަދަކީ މި ދެ ރަށުގެ ތުއްތު ކުދިންނަށް ގުރުއާން ރަނގަޅަށް ކިޔަވަން ދަސްކޮށްދިނުންކަމަށާއި ބޮޑަށް ގުރުއާން މާއްދާއަށް ފޯކަސް ކުރެވުނަށް އެހެން މާއްދާތައް ވެސް ކިޔަވައިދެވޭނެ ކަމަށްވެސް ރާއީ ވިދާޅުވި އެވެ.

މި ދެ ސެންޓަރުގައި ވެސް ކިޔަވައިދޭނީ ތަޖުރިބާހުރި ޓީޗަރުންކަން ފާހަގަ ކުރައްވާ ރާއީ ވިދާޅުވީ ނޭކުރަންދޫގައި ގުރުއާން ކިޔަވައިދޭނީ ބިދޭސީ ޓީޗަރެއް ކަމަށާއި އަދި ކްލާސްތައް ގާއިމްވެފައި ހުންނާނީ ވާޗުއަލް ކޮށް ވެސް ކިޔަވައިދޭ ގޮތަށްކަމަށެވެ.

މީގެ އިތުރުން މި ސެންޓަރުތަކުގައި ބެލެނިވެރިންނަށް ހާއްސަ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެއް ހިންގޭނެ ކަމަށް ވެސް ރާއީ ވިދާޅުވިއެވެ. ޓިއުޝަން ސެންޓަރުގެ އިތުރުން ކުމުންދޫގައި ވަނީ "ސްމާޓޭ އެކަޑެމީ"ގެ ނަމުގައި ސްޕޯޓްސް އެކަޑެމީއެއް ވެސް ރާއީ އިއްޔެ ހުޅުވައިދެއްވާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293