twitterviber whatsapp telegramfacebookyoutube instagram
19th April 2024

ރާއްޖެ ދޫކޮށްދާ ބިދޭސީ މީހާގެ މައުލޫމާތު އަޕްޑޭޓެއް ނުވޭ: މިނިސްޓަރު ފައްޔާޒު

ޚަދީޖާ އާދަމް
Sep 13, 2021

މިހާ ހިސާބަސް ހޯދުނު ހޯދުންތަކުން ރާއްޖޭގައި 281،000 ބިދޭސީން އެބަތިބި ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި އުޅޭ ބިދޭސީންގެ ތަފާސްހިސާބުތަކާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެދު ހެންވޭރު ދާއިރާގެ މެންބަރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ރާއްޖޭގެ ބޯޑަރު ދޫކޮށްދާ މީހުންގެ ތަފާސް ހިސާބުތައް ބެލެހެއްޓުމުގައި ބޮޑެތި ގޮންޖެހުންތަކެއް އެބަހުރިކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ އެކްސްޕެޓް އޮންލައިން ސިސްޓަމް އައުމުގެ ކުރިން ރާއްޖެއަށް އެތެރެވެފައިވާ ބިދޭސީންގެ އަދަދު ސާފު ނުވާ ކަމަށާއި އެ ތަފާސްހިސާބުތައް ބެލެހެއްޓިފައި ނެތްކަމަށެވެ.

އެކްސްޕެޓް އޮންލައިން ސިސްޓަމާއި އިމިގްރޭޝަނުން ފުރާއިރު ކެންސަލޭޝަން ލިންކް ނުވެ އޮންނާތީ، ރާއްޖޭގެ ބޯޑަރ ދޫކޮށް ދާމީހާ އަޕްޑޭޓް ނުވާ ކަމަށް ވިދާޅުވިއެވެ. އެހެންކަމުން ރެކޯޑްތައް ރަނގަޅު ނޫން ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.

އަދި ކުރީގެ ބައެއް ލިޔެކިޔުންތަކުގައި 70،000 މީހުން ރާއްޖޭގައި އުޅޭ ކަމަށް ފެންނަން އޮތް ކަމަށާއި އޭގެތެރެއިން ރެގިއުލަރައިޒޭޝަން ޕްރޮގްރާމްގެ ތެރެއިން 1000ހާ މީހުން ފުރައިގެން ގޮސްފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރެގިއުލަރައިޒް ކުރަން ފެށި މަސައްކަތުގައި 43،000 މީހުން ރަޖިސްޓްރީ ކުރި ކަމަށާއި، ކޮވިޑާ ހެދި މީހުން ގެނެސްގެން އެކަން ކުރުން މަޑު ޖެހިފައި އޮތް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ރަޖިސްޓަރީ ކުރި މީހުންގެ ތެރެއިން 8،938 މީހުން އެދިގެން ފުރުވާލި ކަމަށާއި، 2020 ވަނަ އަހަރުގައި 15،000 މީހުން އަމިއްލައަށް ފުރައިގެން ދިޔަކަމަށެެވެ. ހަމައެއާއެކު، 2021 ގައި 3،000 މީހުން ފުރައިގެން ދިޔުމާއެކު ޖުމްލަ 27،000 މީހުން މިހާރު ފުރައިގެން ގޮސްފިކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355