twitterviber whatsapp telegramfacebookyoutube instagram
19th April 2024

ކުޅުދުއްފުށީގައި ހަކުރުބައްޔާއި ގުޅޭގޮތުން އައުޓްރީޗް ކޭމްޕެއް ފަށައިފި

ނަބީލާ އިސްމާޢީލް
Sep 15, 2021

ނޭޝަނަލް ޑައިބެޓިކްސް ސެންޓަރާއި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް ގުޅިގެން ހަކުރުބައްޔާއި ގުޅޭގޮތުން އައުޓްރީޗް ޕްރޮގްރާމެއް ކުޅުދުއްފުށި ސިޓީގައި ފަށައިފި އެވެ.

މި މަހު 14 ން 16 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހުފައިވާ މި ޕްރޮގުރާމު ފެށުމުގެ ގޮތުން ހަކުރު ބަލީގެ މީހުންގެ އިތުރުން އާންމުންނަށް ހުޅުވާލައިގެން މައުލޫމާތު ދުނުމުގެ ބައްދަލުވުމެއް ރޭގައި ވަނީ ބާއްވާފަ އެވެ.

މި ސެޝަންގައި މައުލޫމާތު ދެއްވީ ނޭޝަނަލް ޑައިބެޓިކްސް ސެންޓަރ ގައި ހަރަކާތްތެރިވާ މި ދާއިރާގެ ތަޖުރިބާކާރު ޑަކްޓަރުން ކަމުގައިވާ ސީނިއަރ ކޮންސަލްޓެންޓް އިން އިންޓާރނަލް މެޑިސިން، ޢަލީ އަބްދުﷲ ލަތީފް އަދި ކޮންސަލްޓެންޓް ސަބް ސެޕެޝަލިސްޓް އިން އެންޑޮކްރިނޮލޮޖީ، ޑރ. މުޙައްމަދު ޝިރުހާން އެވެ.

އަދި މިއަދާއި މާދަމާ މި ކޭމްޕް ކުރިއަށްދާނީ އިރުމަތި އަވަށު ޕްރީ ސްކޫލުގަ އެވެ. އެގޮތުން މިއަދު ހެނދުނު 09:00 ން 12:00 އަށް އަދި 13:00 ން 16:00 އަށް، މާދަމާ 09:00 ން 12:00 އަށް ކޭމް ކުރިއަށް ދާނެ އެވެ.

ކޭމްޕްގައި ކުރިއަށްދާނެ ހަރަކާތްތަކުގެ ތެރޭގައި ލޭގައި ހަކުރު ހުންނަ މިންވަރު ދެނެގަތުން، ލޭގެ ޕްރެޝަރ ބެލުން، ފާއިތުވި 3 މަސްތެރޭގައި ލޭގައި ހަކުރު ހުރި މިންވަރު ދެނެގަތުންމުގެ އިތުރުން އިސްކޮޅާއި އަޅާބަލާއިރު ބަރުދަން ހުރީ ސިއްހީގޮތުން ރަނގަޅު މިންގަނޑެއްގައިތޯ ދެނެގަތުން އަދި ހަކުރު ބަލި މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅި ބަހައްޓާނެ ގޮތުގެ މައުޅޫމާތު ފޯރުކޮށްދިނުމެވެ.

މި އައުޓްރީޗް ކޭމްޕުގެ މައިގަނޑު މަގްސަދަކީ ހަކުރުބަލީގެ ތަހައްމަލުކުރަމުންދާ މީހުންނަށް އެންމެ ފެންވަރު ރަނގަޅު ފަރުވާ ދިނުމާއި ކޭއާރްއެޗްގެ ޑޮކްޓަރުންނާއި ނަރުހުން ތަމްރީނުކުރުން ކަމުގައި އެ ހޮސްޕިޓަލުން ބުނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355