twitterviber whatsapp telegramfacebookyoutube instagram
19th April 2024

ބީއެމްއެލުން ގައުމީ ފުޓުބޯޅަ ޓީމުތަކުގެ ޕާޓްނާޝިޕް އާކޮށްފި

ނަބީލާ އިސްމާޢީލް
Sep 15, 2021

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ގައުމީ ފުޓްބޯޅަ ޓީމުތައް ސްޕޮންސާ ކުރުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އާ އެކު ހަދާފައިވާ އެއްބަސްވުން އާކޮށްފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ބޭއްވި ހަފްލާއެއްގައި މި އެގްރީމަންޓުގައި ބީއެމްއެލްގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ އަދި އެފްއޭއެމްގެ ފަރާތުން ރައީސް ބައްސާމް އަދީލް ޖަލީލް އެވެ.

އެ އެއްބަސްވުމުގެ ދަށުން ބީއެމްއެލް ވެގެންދާނީ ކުރިއެކޭވެސް އެއްފަދައިން ގައުމީ ސީނިއާ ފިރިހެން ޓީމާއި، ސީނިއާ އަންހެން ޓީމު އަދި ޔޫތު ޓީމުތަކުގެ އެކްސްކްލޫސިވް ސްޕޮންސަރަށެވެ.

ބީއެމްއެލްގެ އެމްޑީ ޓިމް ވިދާޅުވީ ބައިނަލްއަގްވާމީ މުބާރާތްތަކުގައި ގައުމީ ޓީމުގެ ކާމިޔާބީގައި ބައިވެރިވުމުގެ އިތުރުން ރާއްޖޭގެ ޒުވާން ޖީލަށް ފުޓްބޯޅަ ހުނަރު ފުޅާކުރަން އެހީތެރިވުމަކީ އެ ބޭންކުން ބޮޑު އިސްކަމެއް ދޭ ކަމެއް ކަަމަށެވެ.

ބީއެމްއެލް އަކީ 2017 ވަނަ އަހަރުން ފެށިގެން ގައުމީ ފުޓްބޯޅަ ޓީމުތަކުގެ އޮފިޝަލް ސްޕޮންސަރެވެ. އަދި ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕް 2021ގެ އޮފިޝަލް ބޭންކިން ޕާޓްނަަރަކީ ވެސް ބީއެމްއެލް އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355