twitterviber whatsapp telegramfacebookyoutube instagram
6th May 2024

މުސާރައާ ބެހޭ އާ އޮނިގަނޑަށް އަންނަ އަހަރު އަމަލުކުރަން ފެށޭނެކަމަށް ޕޭ ކޮމިޝަނުން ބުނެފި

މުޙައްމަދު އަހުމަދު
Sep 20, 2021

ސިވިލް ސާވެންޓުންގެ މުސާރައިގެ ކަންބޮޑުވުންތައް ހައްލު ކުރުމަށްޓަކައި އެކުލަވާލަމުން އަންނަ މުސާރައާ ބެހޭ އާ އޮނިގަނޑަށް އަންނަ އަހަރު އަމަލު ކުރަން ފެށޭނެ ކަމަށް ނެޝަނަލް ޕޭ ކޮމިޝަނުން މިއަދު ބުނެފި އެވެ.

އިއްޔެ ވަނީ މިކަމާ ގުޅިގެން އިހުތިޖާޖެއް ވެސް ކޮށްފަ އެވެ. ދައުލަތުގެ މުވައްޒަފުންގެ މެދުގައި ގެންގުޅޭ އިންތިހާ ދަރަޖައިގެ މުސާރައިގައި ތަފާތުކުރުމުގެ މައްސަލާގައި ގިނަ އަދަދެއްގެ ސިވިލް ސާވެންޓުން އިއްޔެ ވަޒީފާއަށް ނުކުމެފައިވަނީ ކަޅު ހެދުމުގައި އެވެ.

ދިވެހި ސިވިލް ސާވެންޓު އެސޯސިއޭޝަނުން އިސްނަގައިގެން މުޅި ރާއްޖޭގައި ކުރިއަށްގެންދާ މި ހަރަކާތުގައި ބައިވެރިވުމުގެ ގޮތުން ގިނަ އަދަދެއްގެ ސިވިލް ސާވެންޓުންވެސް ވަޒީފާއަށް އިއްޔެ ނުކުމެފައިވަނީ ކަޅު ހެދުމުގައި އެވެ.

އެ އެސޯސިއޭޝަނުން އިސްނަގައިގެން މުޅި ރާއްޖޭގައި ކުރިއަށްގެންދާ އެ ހަރަކާތަކީ މުވައްޒަފުންގެ މުސާރައިގެ މައްސަލަތައް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ފަށާފައިވާ އިހުތިޖާޖެކެވެ. އިއްޔެ ކަޅު ހެދުމުގައި ސިވިލް ސާވަންޓުން ނުކުތްއިރު މިއަދު މަސައްކަތް ނުކުރަން ވެސް އެ މުވައްޒަފުން ނިންމައިފައިވެ އެވެ.

ޕޭ ކޮމިޝަންގެ ބަޔާނެއްގައި ވަނީ މުސާރައިގެ އާ އޮނިގަނޑާއެކު ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައާމެދު ހުރި ގިނަ ކަންބޮޑުވުންތަކަކަށް ހައްލު ލިބިގެން ދާނެ ކަމަށާއި އެކޮމިޝަނުން އެކުލަވާލަމުން އަންނަ އެއްހަމަ ޕޭ ފްރޭމްވޯކްގެ މަސައްކަތް މިހާރު އޮތީ އޭގެ އެންމެފަހު މަރުހަލާގައި ކަމަށް ވެސް ބުނެފައިވެ އެވެ.

މި އާ ޕޭ ފްރޭމްވޯކްގެ ސަބަބުން ދައުލަތުގެ އިދާރާތަކުގެ މެދުގައި ހުރި މުސާރައިގެ ފަރަގުތައް ނައްތާލެވި އެއްހަމަ މިންގަނޑަކުން މުސާރައާއި އިނާއަތްތައް ކަނޑައެޅިގެން ދާނެ ކަމަށާއި މި ޕޭ ފްރޭމްވޯކްގައި ދައުލަތުގެ އިދާރާތަކަށް ބޭނުންވާ ހުރިހާ ފަންނުތަކުގެ ގިންތިތަކާއި ފަންތިތައް ކަނޑައަޅާ ކޮންމެ ފަންނަކަށް ވެސް އެކަށޭނަ މުސާރަ އާއި އިނާޔަތްތައް ކަނޑައެޅިގެން ދާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ސިވިލް ސާވެންޓުން ސަރުކާރަށް ކުރާ ޑިމާންޑުތަކުގެ ތެރޭގައި ދަށް ފަންތީގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމާއި ސެޓްފިކެޓް ހުށަހެޅުމުން ވަޒީފާގެ ކުރިއެރުން ލިބޭގޮތް ހެދުމާއި ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް ލިބޭ ގޮތަށް ސިވިލް ސާވެންޓުންނަށް ވެސް ލިވިން އެލަވަންސް ހަމަޖައްސައިދިނުމާއި މިނިމަމް ވޭޖު އަވަސްކޮށްދިނުމުގެ އިތުރުން ސްކޫލުތަކުގެ އިދާރީ މުވައްޒަފުންނަށް އިތުރު އެލަވަންސެއް ހަމަޖައްސައިދިނުމެވެ.

ސިވިލް ސާވެންޓުންގެ ގޮތުގައި މި ވަގުތު 26،668 މުވައްޒަފުން އެބަތިއްބެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355