twitterviber whatsapp telegramfacebookyoutube instagram
6th May 2024

ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑާ ބެހޭ ކުއްލި މައްސަލައެއް މަޖިލީހަށް

ނަބީލާ އިސްމާޢީލް
Sep 20, 2021

ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑު އަވަހަށް ނިންމައި، މުސާރަ ބޮޑުކުރުން އަވަސް ކުރުމަށް ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

މިމައްސަލަ ހުށަހެޅުއްވީ އެމްޑީޕީއަށް ނިސްބަތްވާ ބިލެއްދޫ ދާއިރާގެ މެންބަރު އަހްމަދު ހަލީމެވެ. ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅުމުން މައްސަލަ ބަލައިގަނެ ބަހުސް ކުރުމަށް ފާސްކުރީ 33 މެންބަރުންގެ އިއްތިފާގުންނެވެ.

ހަލީމް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނެފައިވަނީ، ސަރުކާރު ހިންގުމުގެ އެންމެ ބޮޑު ޒިންމާއެއް އަދާކުރާ ބަޔަކީ ދިވެހި ސިވިލް ސާވެންޓުން ކަމަށާއި، އެމީހުންނަށް އެކަށީގެންވާ އުޖޫރައެއް ދޭން ޖެހޭ ކަމަށެވެ. އަދި މުސާރައިގެ އޮނިގަނޑު ލަސްނުކުރުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ.

މެމްބަރު ވިދާޅުވީ، މިނިމަމް ވޭޖްގެ ވާހަކަ ދައްކަނީ އެއް ހަމައެއްގައި އެކަށީގެންވާ މުސާރައެއް ދިނުމުގެ މަޤްޞަދުގައި ކަމަށެވެ. އޮފީސްތަކުގައި މަސައްކަތްކުރާ ވަގުތުވެސް މަދުވަނީ މުސާރަ ކުޑަވުމުން ކަމަށެވެ. ހުރިހާ ވުޒާރާއެއްގައި ވެސް އެއް ހަަމައެއްގެ ވަޒީފާތަކުގައި އެއް މުސާރައެއް ކަނޑައަޅަން ޖެހޭ ކަމަށެވެ.

ކުއްލި މައްސަލަ ހުށަހަޅުއްވާފައި މިވަނީ ސިވިލް ސާވިސްގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަތައް ބޮޑު ކުރުމަށް ގޮވާލައި ސިވިލް ސާވިސްގެ މުވައްޒަފުން އިހްތިޖާޖު ކުރަމުންދާ ވަގުތެއްގަ އެވެ.

ހައްގު މިންވަރު ހޯދުމުގެ ނަމުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސިވިލް ސާވެންޓުން ވަނީ އާދީއްތަ ދުވަހު ހިމޭން އިހުތިޖާޖެއް ކުރިއަށް ގެންގޮސްފައެވެ. ސިވިލް ސާވަންޓުންގެ މުސާރަ ބޮޑު ކުރުމަކީ މިސަރުކާރުގެ ވައުދެކެވެ. ނަމަވެސް އެކަން ކުރެވިފައި ނުވާތީ ސިވިލްސާވަންޓުންވަނީ ކަޅު ހެދުމުގައި ހިމޭން އިހުތިޖާޖެއް ކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355