twitterviber whatsapp telegramfacebookyoutube instagram
23rd October 2026

28 ދުވަސް ފަހުން ނޮޅިވަރަމް އާންމު ހާލަތަށް

ނަބީލާ އިސްމާޢީލް
Sep 25, 2021

ފުލޫ ސާމްޕަލްތަކެއް ޕޮޒިޓިވްވެ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިދިޔަ އޯގަސްޓް މަހު 28 ވަނަ ދުވަހު މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ހދ. ނޮޅިވަރަމް އާންމު ހާލަތަށް ގެނެސްފި އެވެ.

ނޮޅިވަރަމް ހެލްތް ސެންޓަރުގެ ޒިންމާދާރު ވެރިޔާ ޝާފިއު މުހައްމަދު ވިދާޅުވީ އެ ރަށް އާންމު ހާލަތަށް ގެނެސްފައިވަނީ ރޭގައި ކަމަށެވެ.

އެެރަށް އާންމު ހާލަތަށް ގެނެސްފައިވަނީ މޮނިޓަރިންގގައި އޮންނަތާ 28 ދުވަސް ފަހުންނެވެ. މި މުއްދަތުގައި 2017 ސާމްޕަލް ނެގިފައިވާނެ ކަމަށް ޝާފިއު ވިދާޅުވި އެވެ.

ނޮޅިވަރަމުން 28 އޯގަސްޓް ކްލަސްޓާއާއި ގުޅިގެން އެރަށުން 312 މީހަކު ޕޮޒިޓިވްވިނަމަވެސް އޭގެތެރެއިން މިހާރު އެކްޓިވް ކޭސްގެ ގޮތުގައި ތިބީ 74 މީހުންނެވެ. ޕޮޒިޓިވްވި މީހުންގެ ތެރެއިން އިތުރުފަރުވާއަށް މާލެ ފޮނުވި 87 އަހަރުގެ ފިރިހެނަކު ވަނީ ނިޔާވެފައެވެ. އެމީހާ ނިޔާވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް މިމަހުގެ 17 ވަނަ ދުވަހުއެވެ.

އެރަށް އާންމުހާލަތަށް ގެނައިނަމަވެސް ރަށުކައުންސިލުން ވަނީ ކޮވިޑުން ރައްކާތެރިވުމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތަށް އެޅުމަށް ރައްޔިތުންނަށް އިލްތިމާކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293