twitterviber whatsapp telegramfacebookyoutube instagram
20th April 2024

އަހަރެންނަށް ވެރާޓީ ވަރަށް ކަމުގޮސްފި: ގާޑިއޯލާ

މުޙައްމަދު އަހުމަދު
Sep 29, 2021

ޕީއެސްޖީގައި މެސީ ނޭމާ އަދި އެމްބާޕޭ ކަހަލަ އެތައް މޮޅު ކުޅުންތެރިންނެއް ތިބިކަމުގައި ވީނަމަވެސް ރޭ ޕީއެސްޖީއާއި ސިޓީ ބައްދަލުކުރި މެޗުގައި ސިޓީގެ މެނޭޖަރު ޕެޕް ގާޑިއޯލާގެ ހިތް އަތުލީ އިޓާލިއަން ޑިފެންޑަރު މާކޯ ވެރާޓީ އެވެ.

ރޭ ޕީއެސްޖީ އަތުންވީ ބައްޔަށްފަހު ސިޓީގެ މެނޭޖަރު ޕެޕް ގާޑިއޯލާ ބުނީ އަހަރެންނަށް ވެރާޓީ ވަރަށް ކަމުގޮސްފި ކަމަށެވެ.

ވެރާޓީއާއި ޕީއެސްޖީން 2 - 0 ން ރޭ ޕާކް ޑި ޕްރިންސަސްގައި މެންޗެސްޓަރ ސިޓީ ބަލިކުރީ މެސީ އާއި އިދްރީސާ ގޭއިގެ ލަނޑުތަކުންނެވެ.

މެސީ އޭނާގެ އާކުލަބަށް ފުރަތަމަ ލަނޑު ޖެހި ނަމަވެސް ގާޑިއޯލާގެ ހިތް ރޭ އަތުލީމެ ސީގެ ޓީމްމޭޓް މާކޯ ވެރާޓީ އެވެ. އެއީ މިޑްފީލްޑްގައި ވެރާޓީ ދެއްކި މޮޅު ކުޅުމުގެ ސަބަބުންނެވެ.

ގާޑިއޯލާ ބުނީ އޭނާއަކީ އާދަޔާ ހިލާފުކުޅުންތެރިއެއް ކަމަށެވެ. އަދި އެހާ ޕްރެޝަރުގެ ދަށުގައިވެސް އޭނާ ވަނީ ރަނގަޅު ޕާސްތަކެއް ހޯދާފަ އެވެ. އޭނާއަކީ ގޭމް ބިލްޑްކުރަން ރަނގަޅު ކުޅުންތެރިއެއް ކަމަށް ވެސް ގާޑިއޯލާ ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355