twitterviber whatsapp telegramfacebookyoutube instagram
7th March 2026

ބާސާއަށް ދުބާއީ ކުންފުންޏެއްގެ ފަރާތުން 1.2 ބިލިއަން ޕައުންޑްގެ ހުށަހެޅުމެއް

މުޙައްމަދު އަހުމަދު
Sep 29, 2021

ދަރަނިތައް އަދާކުރުމަށް ބާސާއަށް ދުބާއީ ކުންފުންޏެއްގެ ފަރާތުން 1.2 ބިލިއަން ޕައުންޑްގެ ހުށަހެޅުމެއް ލިބިއްޖެ ކަމަށް ނޫސްތަކުން ރިޕޯޓުކޮށްފި އެވެ.

ޔޫރަޕްގެ ގަދަބާރު ބާސެލޯނާ އޮތީ ވަރަށް ބޮޑަށް ދަރަނިވެރިވެ ބޮޑު މާލީ އަޑިގަނޑަކަށް ވެއްޓިފަ އެވެ. ނަމަވެސް ބޭރުގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުން ދުބާއީގެ ކުންފުންޏަކުން ވަނީ އެކުލަބް ހަމައަކަށް އަޅުވާ ދަރަނިތައް ދެއްކުމަށް 1.2 ބިލިއަން ޕައުންޑް ދޭގޮތަށް ބޮޑު ހުށަހެޅުމެއް ހުށަހަޅާފަ އެވެ.

މިދިޔަ ޓްރާންސްފާ މާކެޓްގައި ލަލީގާގެ ގަވާއިދުތަކުގެ ސަބަބުން ބާސާއަށް ވަނީ އެޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ ލިއޮނަލް މެސީ ހިލޭ ޓްރާންސްފާއެއްގެ ދަށުން ދޫކޮށްލާށެވެ.

މުސާރައިގެ ބިލު ކުޑަކުރުމަށް ބާސާއިން ވަނީ އެންޓުއާން ގްރީޒްމަން ވެސް އަލުން އަނބުރާ އެތްލެޓިކޯ މެޑްރިޑަށް ދޫކޮށްލާފަ އެވެ. އަދި އެމާސަން ރޯޔަލް އާއި ޖޫނިއާ ފާޕޯ ވިއްކާލާފަ އެވެ.

މިވަގުތު ކުލަބް އޮތީ ވަރަށް ބޮޑު މާލީ ވަޅުގަނޑެއްގަ އެވެ. ނަމަވެސް މި އޮފާގެ ސަބަބުން އެކުލަބްގެ ދަރަނިތައް ފިލުން ވަރަށް ގާތެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355