twitterviber whatsapp telegramfacebookyoutube instagram
19th April 2024

އެންމެ ދަށް މުސާރައިގެ ގޮތުގައި 5700 ރުފިޔާ ކަނޑައަޅައިފި

މުޙައްމަދު އަހުމަދު
Oct 5, 2021

ރާއްޖޭގައި ދެވޭ އެންމެ ދަށް މުސާރައިގެ ގޮތުގައި މަހަކު 5،700 ރުފިޔާ ކަނޑައަޅައިފި އެވެ. އަދި މިނިމަމް ވޭޖް ބޯޑުން އެ ލަފާ މިނިސްޓަރަށް ދޭން ނިންމައިފި އެވެ.

މިނިމަމް ވޭޖް ބޯޑުން ބުނެފައިވާ ގޮތުގައި 6 ގަޑިއިރުގެ މަސައްކަތަށް ސިވިލް ސާވިސްގެ އެންމެ ދަށް މުސާރަ އަކީ ދާއިމީ މުވައްޒަފަކަށް 7،000 ރުފިޔާ އެވެ.

ގަޑިއިރަކަށް މިނިމަމް ވޭޖްގެ ގޮތުގައި ކަނޑައަޅާފައި ހުރި ވަޒީފާތަކުގައި އިތުރު ގަޑީގެ ފައިސާ ދޭ އިރު އެންމެ ދަށްވެގެން މިނިމަމް ވޭޖްގެ ގަޑިއިރަކަށް ޖެހޭ ވަރު ދޭން ޖެހޭނެ އެވެ.

ކުދި ވިޔަފާރިތަކުން، ދުވާލަކު 8 ގަޑިއިރަށް ބަލައިގެން މަހަކު ދޭންޖެހޭ އެންމެ ކުޑަ މުސާރަ އަކީ 5،700 ރުފިޔާ އެވެ.

މެދުފަންތީގެ ވިޔަފާރިތަކުން މަހު މުސާރައިގެ ގޮތުގައި އެންމެ ކުޑަވެގެން 8 ގަޑިއިރުގެ މަސައްކަތަށް 8000 ރުފިޔާދޭއިރު ބޮޑެތި ވިޔަފާރިތަކުން މުސާރައިގެ ގޮތުގައި މަހަކު 10200 ރުފިޔާ ދޭން ވަނީ ކަނޑައަޅައިފަ އެވެ.

މިހާރު އުސޫލުގައިވާ ގޮތުން މިނިމަމް ވޭޖްގެ ގޮތުގައި ކަނޑައަޅާފައިވާ މުސާރައިގެ 70 ޕަސެންޓް އަސާސީ މުސާރައަށް ވާން ޖެހޭނެ އެވެ. އެހެންނަމަވެސް ވަޒީފާދޭ ފަރާތުން ކެއުމާއި ހުރުން ހަމަޖައްސައިދޭ ނަމަ އެއިން ކަމަކަށް ހޭދަވާނެ ވަރު މިނިމަމް ވޭޖްގެ ތެރެއަކަށް ނުލެވޭނެ އެވެ. ނަމަވެސް މުސާރައިގެ އޮނިގަނޑު އެކުލަވާލާ އިރު މިނިމަމް ވޭޖްގެ ތެރެއަށް ފިކްސްޑް އެލަވަންސްތައް ހިމެނިދާނެ އެވެ.

މިނިމަމް ވޭޖް ކަނޑައެޅުން ލަސްވަމުންދާ ކަމުގެ ގިނަ ޝަކުވާތަކެއް ވެސް ވަނީ އާންމުވެފަ އެވެ. ބޯޑުން މި އަދަދުތައް ފާސްކޮށް އިކޮނިމިކް މިނިސްޓަރަށް ވަނީ ފޮނުވާފަ އެވެ.

މިއަންނަ އަހަރުން ފެށިގެން މިނިމަމް ވޭޖް ތަންފީޒުކުރަން ޖެހެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355