twitterviber whatsapp telegramfacebookyoutube instagram
16th April 2024

އެސްޑީއެފްސީން މިހާތަނަށް 854 ފަރާތަކަށް ލޯން ދޫކޮށްފައިވޭ

ޚަދީޖާ އާދަމް
Oct 11, 2021

އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގެ ލޯނު ޕޯޓްފޯލިއޯގެ ތެރެއިން މިހާތަނަށް 854 ފަރާތަކަށް ލޯނު ދޫކޮށްފައިވާކަމަށް އެ ބޭންކުން ބުނެފިއެވެ.

ދައުލަތުގެ މީޑިޔާއަށް މައުލޫމާތު ދެމުން އެސްޑީއެފްސީގެ ޗީފް އޮޕަރޭޓިންގ އޮފިސަރ ނާޒިމް ހަބީބް ވިދާޅުވީ އެސްޑީއެފްސީގެ ލޯނު ޕޯޓްފޯލިއޯގެ ތެރެއިން މިހާތަނަށް 854 ފަރާތަކަށް ލޯނު ދޫކޮށްފައިވާކަމަށާއި މިއީ 1 ބިލިއަނަށްވުރެ ބޮޑު އަދަދެއްގެ ލޯނުކަން އޭނާ ފާހަގަކުރެއްވިއެވެ.

ނާޒިމް ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާއާއި މަސްވެރިކަމުގެ ދާއިރާއިންވެސް އެ ބޭންކުން ގިނަ ލޯނުތަކެއް ދޫކޮށްފައިވާކަމަށެވެ. މީގެ އިތުރުން ކުދި ވިޔަފާރިތަކުގެ ދާއިރާއިން ކެފޭ، ރެސްޓޯރަންޓްތައް އަދި ސެލޫންތަކުންވެސް ގިނަ އަދަދަކަށް އެބޭންކަށް ލޯނަށް އެދި ހުށައަޅާކަމަށްވެސް ވިދާޅުވި އެވެ.

އެސްޑީއެފްސީ އުފެދުމުގެ އެންމެ މުހިންމެ ބޭނުމަކަށްވެސްވީ މާލީ އެހެން އިދާރާތަކުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލޯނު ލިބުން ދަތިވުމުގެ ސަބަބުން މިފަދަ ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމްކުރުމެވެ.

ކޮވިޑް-19 އާއި ގުޅިގެން ކުދި ފަންތިއާއި މެދު ފަންތީގެ ވިޔަފާރިތަކަށް ލިބުނު މާލީ ގެއްލުމުން އަރައިގަތުމަށްވެސް އެސްޑީއެފްސީން ވަނީ ގިނަ މަސައްކަތްތަކެއްކޮށްފައެވެ. އެގޮތުން ކޮވިޑާއި ގުޅިގެން، ކޮވިޑް ވިޔަފާރި އެހީ ލޯނާއި ވިޔަފާރި ދިރުން ލޯންގެ ނަމުގައި ދެ ލޯނެއްވެސް އެސްޑީއެފްސީން ތައާރަފްކުރިއެވެ. މި ލޯނުތަކުގެ ދަށުން މުޅި ޖުމްލަ 380 މިލިއަން ރުފިޔާގެ ލޯނު އެޕްރޫވްކޮށްފައިވާކަމަށް އެސްޑީއެފްސީން ވިދާޅުވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355