twitterviber whatsapp telegramfacebookyoutube instagram
26th May 2026

ކުޅުދުއްފުށީ އެކްޓިވް ކޭސްގެ އަދަދު 14 އަށް

Oct 12, 2021

ކުޅުދުއްފުށީ ބަހާދަރު ބޯޓު ކްލަސްޓާއިން އިއްޔެ އިތުރު މީހަކު ޕޮޒިޓިވްވެ ކުޅުދުއްފުށީ އެކްޓިވް ކޭސްތަކުގެ އަދަދު 14 އަރައިފި އެވެ.

ކޭއޯއަށް މައުލޫމާތު ދެމުން އޮފިޝަލަކު ވިދާޅުވީ އެ ބޯޓުން ދަތުރުކުރި ފަރާތެއް ހުމާއި ރޯގާގެ އަލާމާތްތައް ފެނިގެން ނެގުނު ސާމްޕަލްއެއް ޕޮޒިޓިވްވުމާއި ގުޅިގެން ނެގުނު އިތުރު ސާމްޕަލްތަކެއް ޕޮޒިޓިވްވެ އެ ކްލަސްޓާއި ޖުމްލަ 11 މީހަކު ޕޮޒިޓިވްވިކަމަށާއި އިއްޔެގެ ކޭސްއާއި ގުޅިގެން އެ ކްލަސްޓާގެ އަދަދު ވަނީ 12 އަށް އަރާފަކަމަށެވެ.

މި ކްލަސްޓާއި ޕޮޒިޓިވްވި މީހުންގެ ތެރެއިން 7 މީހުންނަކީ ފަސެންޖަރުންގެ ގޮތުގައި އެބޯޓުން ދަތުރުކުރި މީހުންކަމަށާއި އެގޮތުން އިއްޔެވެސް ޕޮޒިޓިވްވެފައިވަނީ ފަސެންޖަރެއްކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.

މީގެ އިތުރުންވެސް އަލާމަތް ފެނިގެން ފުލޫ އޯޕީޑީއަށް ދެއްކި އިތުރު މީހަކު ޕޮޒިޓިވްވެ އެމީހާގެ އިތުރު ކޮންޓެކްޓެއްވަނީ ޕޮޒިޓިވްވެފައެވެ. އެހެންކަމުން ކުޅުދުއްފުށީގެ އެކްޓިވް ކޭސްގެ އަދަދު ވަނީ 14 އަށް އަރާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355