twitterviber whatsapp telegramfacebookyoutube instagram
5th April 2026

ދަނޑުވެރިކަން ތަރައްގީކުރުމަށް ޖަޕާނުން 42.7 މިލިއަން ރުފިޔާގެ ހިލޭ އެހީއެއް

ޚަދީޖާ އާދަމް
Oct 13, 2021

ރާއްޖޭގެ ދަނޑުވެރިކަން ތަރައްގީކުރުމަށް ޖަޕާނު ސަރުކާރުގެ ފަރާތުން 42.7 މިލިއަން ރުފިޔާގެ ހިލޭ އެހީ ދީފިއެވެ.

މިއީ ޔުނިއިޓެޑް ނޭޝަންސްގެ ޕްރޮޖެކްޓް ފޯ ޑިވެލޮޕިން ސަސްޓެއިނަަބަލް އެގްރިކަލްޗަރަލް އިކޮނޮމީގެ ދަށުން ރާއްޖެއަށް ޖަޕާނުން ދިން އެހީއެކެވެ. މި އެހީއަކީ ރާއްޖޭގައި ހިންގާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަަށް އެހީތެރިވުމުގެ ގޮތުން ކުރިއަށް ގެންދިޔަ ސީޑް މަޝްރޫގެ ފުރަތަމަ ފިޔަވައްސާއެކު ސީޑްގެ ދެވަނަ މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ދިން އެހީއެކެވެ.

މި އެހީ ދިނުމުގެ އެގްރީމަންޓުގައި ސޮއިކޮށްފައިވަނީ ޖަޕާނުގެ ފަރާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީއެވެ. މި އެހީ ދިނުމުގެ އެގްރީމަންޓުގައި ސޮއިކުރުމަށް ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން ކެއިކޯ ވިދާޅުވީ މި އެހީއާއެކު ރާއްޖޭގައި ދަނޑުވެރިކަން ކުރާ ފަރާތްތަކަށް އިތުރު އެހީއެއް ލިބިގެންދާނެކަމަށް އުންމީދުކުރައްވާކަމަށެވެ.

ޖަޕާނުން އަންނަނީ ރާއްޖެއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ކޮވިޑް-19ގެ ސަބަބުން އަސަރުކޮށްފައިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަސް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން 1.4 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދީފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355