twitterviber whatsapp telegramfacebookyoutube instagram
25th April 2024

ރޯގާ އާއި އިންފްލުއެންޒާ އިތުރުވަނީ ސަމާލުވޭ: އެޗްޕީއޭ

ނަބީލާ އިސްމާޢީލް
Oct 14, 2021

މާލެ ސަރަހައްދުގައި އަރިދަފުސް ރޯގާ އާއި އިންފްލުއެންޒާ ޖެހޭ މީހުންގެ އަދަދު އިތުރުވެފައި ވާތީ އެކަމަށް ސަމާލުވާން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އިލްތިމާސްކޮށްފި އެވެ.

އެޗްޕީއޭއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ މިމަހު އަރިދަފުސްރޯގާ ޖެހިގެން ރިޕޯޓްކުރި މީހުންގެ އަދަދު މިހާރު 11،008 އަރާފައިވާ ކަމަށާއި އިންފްލުއެންޒާއަށް ޓެސްޓްކުރި 432 މީހުންގެ ތެރެއިން 192 މީހަކު އެ ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

ތަފާސް ހިސާބުތަކާ ހަވާލާދީ އެ ބަޔާނުގައި ބުނީ މި އަހަރުގެ މިހާތަނަށް 1،198 މީހަކު އިންފްލުއެންޒާއަށް ޓެސްޓްކޮށްފައި ވާއިރު 365 މީހަކު އެ ބައްޔަށް ޕޮޒިިޓިވް ވެފައިވާ ކަމަށެވެ.

އެޗްޕީއޭއިން ބުނީ މި ދުވަސްވަރު އިންފްލުއެންޒާ އާއި ރޯގާ އިތުރުވަމުން އަންނާތީ އިތުރަށް ސަމާލުވުމަށް އެދޭ ކަމަށެވެ.

ސަމާލުވާންވީ ކަންތައްތައް

  • ފަސް އަހަރުން ދަށުގެ ކުޑަކުދިންނާއި 65 އަހަރުން މަތީގެ މީހުންނާއި ދިގުމުއްތަކަށް ފަރުވާކުރަން ޖެހޭ ބަލިތަކުގެ މީހުންނާއި މާބަނޑުމީހުން އަދި ދިފާއީ ނިޒާމު ބަލިކަށި މީހުން، ރޯގާގެ އަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކޮށް ފަރުވާ ހޯދުން.
  • ރޯގާގެ އެއްވެސް އަލާމާތެއް ހުރި ނަމަ މީހުންގެ ތެރެއަށް ނުނިކުތުން.
  • ހުންއައުމާއި ކެއްސުން ފަދަ އަލާމާތެއް ފެނިއްޖެ ނަަމަ އޯޕީޑީއަށް ނުގޮސް ފްލޫ ކްލިނިކަށް ދިއުން.
  • ކޮވިޑް-19 އިން ރައްކާތެރިވުުމުގެ ގައިޑްލައިންތަކަށް ތަބާވުން.
  • ކޮވިޑަށް ޓެސްޓްކުރާ އިރު ނެގެޓިވް ވިޔަސް، ރޯގާގެ އަލާމާތެއް ހުރި ނަމަ ގޭގައި މަޑުކުރުން.
  • ބަލިމީހުންނަށް ޒިޔާރަތްކުރަން ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން ނުގެންދިއުން.
  • ކޮވިޑްގެ ވެކްސިން ނުޖަހާ ތިބި ފަރާތްތަކުން ވެކްސިން ޖެހުން.
  • ކޮންމެހެން ދާން ޖެހޭ ހާލަތެއްގައި ނޫނީ ހޮސްޕިޓަލަށް ނުދިއުން.
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355