twitterviber whatsapp telegramfacebookyoutube instagram
29th March 2024

ބާސާގެ ކޯޗުކަމުން ކޫމަން ވަކިކޮށްފި

މުޙައްމަދު އަހުމަދު
Oct 28, 2021

ބާސެލޯނާގެ ހެޑްކޯޗުކަމުން 14 މަހަށްފަހު ރޮނާލްޑް ކޫމަން ވަކިކޮށްފި އެވެ. ބާސާގެ ކޯޗުކަމުން ކޫމަން ވަކިކޮށްފައިވަނީ ބުދަދުވަހު ރަޔޯ ވަޔެކާނޯ 1 - 0 ން ބަލިވިތާ ގިނައިރުތަކެއް ނުވަނީހެވެ.

މިހާތަނަށް ލީގުގައި ކުޅުނު 10 މެޗުން ބާސާއަށް 15 ޕޮއިންޓް ލިބުނުއިރު އެޓީމު ވަނީ މިފަހަރުގެ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ވެސް ދެފަހަރަށް ބަލިވެފަ އެވެ. ލަލީގާގައި ބާސާ އޮތީ މިވަގުތު ލީގުގެ 9 ވަނައިގައި އެވެ.

މިއީ ބާސާއިން އެންމެ ފަހުން ކުޅުނު 4 މެޗުން 3 ވަނަ ބައްޔެވެ. އާދިއްތަ ދުވަހު ރެއާލާއި އެކު އޮތް އެލް ކްލަސިކޯއިން ވެސް ބާސާވަނީ ބަލިވެފަ އެވެ. އެމެޗުގައި ރެއާލުން ބާސާ ބަލިކުރީ 2 - 1 ގެ ނަތީޖާއަކުންނެވެ.

ބާސާއިން އާންމުކުރި ބަޔާނުގައިވަނީ ބާސާގެ ރައީސް ޖޯން ލަޕޯޓާ ވަނީ ރަޔޯ ވަޔެކާނޯ އަތުން ބަލިވި މެޗަށް ފަހު ކޫމަން ވަކިކުރަން ނިންމި ނިންމުން އޭނާއަށް އަންގާފައި ކަމަށެވެ.

"ސްކޮޑަށް އާދިއްތަދުވަހު ކޫމަން އަލްވަދާއު ކިޔާނެ." ބާސާއިން ނެރުނު ބަޔާނުގައިވެ އެވެ.

ކޫމަން ކޯޗު ކަމަށް އައިފަހުން ވެސް އައިއިރު ވެސް އެޓީމު އޮތީ ބޮޑު އަޑިގަނޑެއްގައި އެވެ. މާލީގޮތުން ކުލަބް އަޑިއަޅާލިއިރު ލަލީގާގެ ގަވައިދުތަކުގެ ސަބަބުން އެޓީމަށް ވަނީ އެޓީމުގެ އެންމެ މޮޅު ކުޅުންތެރިޔާ ލިއޮނަލް މެސީ ވެސް 21 އަހަރަށްފަހު ހިލޭ ޓްރާންސްފާއެއްގައި ދޫކޮށްލަން ޖެހިފަ އެވެ.

މިދިޔަ ޓްރާންސްފާ މާކެޓްގައި ވެސް އެކުލަބަށް ވަނީ އާކުޅުންތެރިން ގެންނަން ހަރަދުކުރެވޭ ގޮތް ނުވެފަ އެވެ. މިސީޒަނަށް އެކުލަބާ ގުޅުނު މެމްފިސް ޑިޕޭއާއި ސާޖިއޯ އަގުއޭރޯ އަދި އެރިކް ގާސިއާ އަކީ ފްރީ ޓްރާންސްފާގެ ދަށުން ގުޅުނު ކުޅުންތެރިންނެވެ. އަދި ލޫކް ޑި ޔޮންގަކީ ސެވިއްޔާ ލޯނު އެއްބަސްވުމުގެ ދަށުން އައި ކުޅުންތެރިއެކެވެ.

ބުދަދުވަހުގެ ބައްޔަށްފަހު ކޯޗު ކޫމަން ބުނީ ބާސާގެ ލީގު ޕޮޒިޝަން އެޓީމު އޮތީ ރަނގަޅު ހާލެއްގައި ނޫންކަން ހާމަކޮށްދޭ ކަމަށެވެ.

ކޫމަން ބަދަލުގައި ޓީމާ ދެން ހަވާލުވާނެ ކަމަށް އެންމެ ބެލެވޭ އެއް ކޯޗަކީ ގަތަރުގެ އަލް ސާދް އަށް ކޯޗުކޮށްދެމުން އަންނަ ކުރީގެ ބާސާ ލެޖެންޑް ޒަވީ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355