twitterviber whatsapp telegramfacebookyoutube instagram
19th April 2024

ޝަހީދު ހުސެއިން އާދަމްގެ ހަނދާނީ ބިނާއެއް ބިނާކުރުމުގެ ވިސްނުން އެބަހުރި: އާތިފް

ޚަދީޖާ އާދަމް
Nov 3, 2021
3

ކުޅުދުއްފުށީ ސިޓީގައި ޝަހީދު ހުސެއިން އާދަމްގެ ހަނދާނީ ބިނާއެއް ބިނާ ކުރުމުގެ ވިސްނުން ސިޓީ ކައުންސިލުން އެބަ ގެންގުޅޭކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.

އާތިފް މިހެން ވިދާޅުވީ ނަސްރުގެ ދުވަހާ ގުޅިގެން މިއަދު އަފީފުއްދީން ސްކޫލާއި ކުޅުދުއްފުށީ ސިޓީ ކައުންސިލާ ގުޅިގެން ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން އާތިފް ވިދާޅުވީ ރަަށް ނިސްބަތްވާ މިފަދަ އަބްތޯލުންގެ ޒިކުރާ އާލާވާނެފަދަ ބިނާތަކެއް ގެނައުމަކީ މުހިއްމު ކަމެއް ކަމަށާއި އެގޮތުން މި ސިޓީގައި ޝަހީދު ހުސެއިން އާދަމްގެ ހަނދާނީ ބިނާއެއް ބިނާކުރުމަށް ކައުންސިލުން ވިސްނުން ގެންގުޅޭ ކަމަށެވެ.

"މިއަދު ހުސެއިން އާދަމްގެ މަތިވެރި ޖިހާދު އަޅުގަނޑުމެން ފާހަގަނުކޮށް ދެން ވަކި ފާހަގަކުރާނެ އެހެން ބަޔަކު ނުތިބޭނެ. އަޅުގަނޑުމެންނަށްވުރެ ވަކިބޮޑަށް ހުސެއިން އާދަމްއަށް ފަހުރުވެރިވާ އެހެން ބަޔަކު ނުތިބޭނެ. އަޅުގަނޑުމެންގެ ރަށަށް ނިސްބަތްވާ މިފަދަ ފަހުރުވެރި އަބްތޯލުންގެ ޒިކުރާ އަބަދުވެސް އާލާވާނެފަދަ ބިނާތަކެއް ގެންނަން ޖެހޭ. އަޅުގަނޑުމެން ސިޓީ ކައުންސިލްގެ ވިސްނުން އެބަހުރި ކުޅުދުއްފުށީ ސިޓީގައި ހުސެއިން އާދަމްގެ ހަނދާނީ ބިނާއެއް ބިނާކުރުމަށް." ކުޅުދުއްފުށީ މޭޔަރު ވިދާޅުވި އެވެ.

ނަސްރުގެ ދުވަސް ފާހަގަކުރާ އަނެއް ސަބަބަކީ މިފަދަ ދުވަސްތަކާމެދު ޅަދަރިން، ޒުވާނުން ހިތްތަކުގައި އެކަންކަން ހިނގާދިޔަ ގޮތް ވައްދައިދީ އެކަންކަމުން ދަރިވަރުންނަށް އިބްރަތް ހާސިލްކޮށްދިނުން ކަމަށާއި މިފަދަ ހާދިސާތަކުން ހިތްވަރު ހޯދުމުގެ ހިތްވަރު އެ ޅަދަރިންގެ ހިތްތަކަށް ހޯދައިދިނުމަށްޓަކައިކަން އާތިފް ފާހަގަ ކުރެއްވި އެވެ.

"3 ނޮވެންބަރުގެ އުދުވާނީ ހަމަލާގައި ސިފައިންގެއަށް ވަންނަ މަސައްކަތްކުރި ދުޝްމިނުން އެތަނަށް ވަނަ ނުދީ ހިފަހައްޓައިލެއްވީ އަޅުގަނޑުމެންގެ ފަހުރުވެރި އާދެ ކުޅުދުއްފުށީ މާވާގެ ހުސެއިން އާދަމްގެ ޖިހާދުން. އެ ދުވަހު ހުސެއިން އާދަމްގެ އަތުގައި އޮތީ 60 އުންޑަ. ހުސެއިން އާދަމަށްވެސް ސިފައިންގެ ތެރެއަށް ވަނުމުގެ ފުރުސަތު ލިބުނު. އެތެރެއަށް ވަނުމަށް ސިފައިގެން ވެރިން ގޮވަމުން ދިޔަ. އެހެންނަމަވެސް ހުސެއިން އާދަމް ހިޔާރުކުރެއްވީ އެދުވަހު ގައުމުގެ ދިފާއުގައި ހަނގުރާމަ ކުރެއްވުމަށް." އާތިފް ވިދާޅުވި އެވެ.

އާތިފް ވިދާޅުވީ ޝަހީދު ހުސެއިން އާދަމްގެ ޖިހާދަކީ ދިވެހި ސިފައިންނަށާއި ހާއްސަކޮށް ކުޅުދުއްފުށީގެ ލޮބުވެތި ރައްޔިތުންނަށް ފަހުރުވެރި އަދި ޝަރަފުވެރި ރީތިނަމެއް ލިބުނު ޖިހާދަކަށް ކަމަށެވެ.

އެގޮތުން މިފަދަ ދުވަހެއްގައި އަޒުމަކަށް ވާންޖެހޭނީ ޝަހީދު ހުސެއިން އާދަމްފަދަ ދިވެހި ރާއްޖެއަށާއި އިސްލާމް ދީނަށް ވަފާތެރި ދަރިއަކަށްވުން ކަމަށާއި ޝަހީދު ހުސެއިން އާދަމް ދެއްކެވި މިސާލުން ގައުމައިގެން ކުރިއަށް ދިއުމަށް ކަމަރު ބަދެލުންކަމަށްވެސް އާތިފް ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355